އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤްރްއާން ކިޔަވާށާއި ނަމާދުކުރަން ދަސްކޮށްދިނުމަކީ، ދަސްކޮށްދިންކަމުގެ އިތުރުން ދަސްކުރާމީހުން އެކަންކަން ކުރުމުން ވެސް ސަވާބު ލިބޭނެ ކަންކަން!: މުފްތީ މެންކް

ޤްރްއާން ކިޔަވާށާއި ނަމާދުކުރަން ދަސްކޮށްދިނުމަކީ، ދަސްކޮށްދިންކަމުގެ އިތުރުން ދަސްކުރާމީހުން އެކަންކަން ކުރުމުން ވެސް ސަވާބު ލިބޭނެ ކަންކަން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ކީރިތި ޤްރްއާން ކިޔަވާށާއި ނަމާދުކުރަން ދަސްކޮށްދިނުމަކީ ދަސްކޮށްދިންކަމުގެ އިތުރުން ދަސްކުރާމީހުން އެކަންކަން ކުރުމުން ވެސް ދަސްކޮށްދިން މީހާއަށް ސަވާބު ލިބޭނެ ކަންކަމެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކަށް އެނގޭ މިންވަރަކުން މިފަދަ ހެޔޮ އަމަލުތައް ކުރަންވާނެއެވެ. 

މިސްކިތުގައި މީހުން ނަމާދުކުރާއިރު ފެންނަ ނުރަނގަޅު ކަންކަން އެމީހަކަށް ބުނެދޭށެވެ! ރަނގަޅު ގޮތަކީ ކޮބައިކަން ބުނެދޭށެވެ! އަދި ތިމާއަށް ބުނެދޭން ނުއެނގޭނަމަ އިލްމުވެރިންގެ އަރިހަށް ގޮސް ރަނގަޅަށް ކުރަން ދަސްކުރަންވެސް ހިތްވަރު ދޭށެވެ. ކޮންމެ ހެޔޮ ނަޞޭޙަތަކީވެސް ޞަދަޤާތެކެވެ. 

މީހަކަށް ކަމެއް ބުނެދޭއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ އެމީހާގެ ރުހުން ހޯދައިގެން ބުނެދިނުމަށެވެ. އަދި އޯގާތެރިކަމާއި މަޑުމަތިރިކަމާއިއެކު މުޢާމަލާތު ކުރުމަށެވެ. އަދި އެމީހާ ލަދު ނުގަންނާނެ ގޮތަށް އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާއަށް ނުއެނގޭ ކަންކަން އަހައި އޮޅުންފިލުވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މީހަކު ބުނެދީފިނަމަ ޤަބޫލުކޮށް ކުރިން ކުރަމުން އައި ގޮތް ދޫކޮށްލުމަކީވެސް ލަދުވެތި ކަމެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުރަނގަޅު ވިސްނުމެކެވެ. އަހަރެންނަށް މީހަކު ރަނގަޅު ގޮތް ބުނެދިން ނަމަވެސް މިހާރުވެސް މިހުރީ ޝުކުރުވެރިކަމާއިއެކު އެކަން ބަލައިގަންނަން ތައްޔާރަށެވެ. 

އަލަށް މީހަކު އިސްލާމްވެއްޖެނަމަ އަހަރެމެން އުފާކުރަމުއެވެ. އެމީހަކަށް މަރުޙަބާވެސް ކިޔަމުއެވެ. ނަމަވެސް އެހިސާބުން އެކަން އޮންނަނީ ނިންމައިލެވިފައެވެ. 

އެހެން ނުހަދާށެވެ. އެހިސާބުން އެމީހެއްގެ އަތުގައި ބާރަށް ހިފާށެވެ. ކީރިތި ޤްރްއާން ކިޔަވާށާއި ނަމާދުކުރަން ދަސްކޮށްދޭށެވެ. ދީނުގެ ކަންކަން ދަސްކޮށްދޭށެވެ. އެއީ އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ކޮންމެހެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެކެވެ. އަދި އެކަންކަން ކުރުމުން އަހަރެމެންނަށް ވަރަށް ގިނަ ސަވާބާއި މަންފާ ލިބޭނެ ކަންކަމެވެ. 

ނިކަން ވިސްނައިބަލާށެވެ! މީހަކަށް ހެޔޮ ކަންކަން ކުރަން ދަސްކޮށް ދިނުމުން ދަސްކޮށްދިން ކަމުގެ އިތުރުން އެމީހާ ކުރާ ހެޔޮ އަމަލުތަކުން ދަސްކޮށް ދިން މީހާއަށް ބައެއް ލިބިގެންދެއެވެ. އެމީހާއަށް ލިބެން ޖެހޭ ސަވާބުން އުނިވުމެއް ނެތިއެވެ. ވީމާ ހެޔޮ އަމަލުތައް ކުރަން މީހަކަށް ދަސްކޮށް ދީފިނަމަ އެކަން ވާނީ ދިރިހުރި ކަމަކަށެވެ. ދަސްކުރި މީހާ އެހެން މީހަކަށް ދަސްކޮށްދިނުމުން އެމީހާ ކުރާ އަމަލުންވެސް ތިބާއަށް ދާނީ ސަވާބުލިބެމުންނެވެ. ވީމާ މިއަށްވުރެ ކުރަން ވަކިން ފައިދާހުރި މަސައްކަތަކީ ކޮބައިހެއްޔެވެ؟ 

މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް