އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނަކަށް ޖެހިފައިވާ އާދަޔާ ޚިލާފު ބައްޔެއް: އޭނާއަށް ފިރިހެނުންގެ އަޑެއް ނުއިވޭ!

އަންހެނަކަށް ޖެހިފައިވާ އާދަޔާ ޚިލާފު ބައްޔެއް: އޭނާއަށް ފިރިހެނުންގެ އަޑެއް ނުއިވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ޗައިނާގެ އަންހެނަކަށް ވަރަށް އާދަޔާ ޚިލާފު ބައްޔެއް ޖެހިއްޖެއެވެ. ޝިއަމެން އަށް އުފަން ޗެން ނަމަކަށް ކިޔާ މިއަންހެން މީހާ ޑޮކްޓަރަށް ދައްކަން ގޮސްފައިވަނީ އޭނާއަށް އެއްވެސް ފިރިހެނެއްގެ އަޑު ނުއިވޭތީ ކަމަށް "މެއިލް އޮންލައިން" ގައި ރިޕޯޓު ކޮށްފައިވެއެވެ.

އެރިޕޯޓުގައި ބުނެފައިވާ ގޮތުން ޗެން އެއްދުވަހު ނިދާ ހެލިއިރު އޭނާއަށް ވަނީ އެބަލި ޖެހިފައެވެ. އޭނާއާއި އެއްވެސް ފިރިހެނަކު ދައްކާ ވާހަކައިގެ އަޑެއް ނުއިވެއެވެ. ހަމައެކަނި އިވެނީ އަންހެނުންގެ އަޑެވެ. އެކަމާއި ޑޮކްޓަރަށް ދެއްކުމުން ޗެން އަށް ދިމާވެފައިވާ އާދަޔާ ޚިލާފު ބައްޔާއިމެދު އެމީހުން ވެސް ވަނީ ހައިރާންވެފައެވެ. 

ޗެންގެ އެބައްޔަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އޭނަ ބެލި ޑޮކްޓަރުން ބުނެފައިވަނީ އެއީ ވެސް ކަންފަތް ބީރުވުމުގެ ވައްތަރެއް ކަމުގައެވެ. އަދި އެއީ "ރިވާރސް-ސްލޯޕް ހިއަރިންގ ލޮސް" ކަމުގައި ބުނުމަށްފަހު ޑޮކްޓަރުން ބުނެފައިވަނީ ޗެން އަށް ސާފުކޮށް އިވޭނީ ތޫލިކަން ގަދަ އަޑުތައް ކަމަށެވެ. އަންހެނުންގެ ތެރެއިން ވެސް ބަރު އަޑުތައް ހުންނަ މީހުން ދައްކާ ވާހަކަ ޗެން އަށް ނުއިވޭނެ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެއެވެ. 

"ރިވާރސް-ސްލޯޕް ހިއަރިންގ ލޮސް" އަކީ ކަންފަތުގެ މައްސަލަ ހުންނަ މީހުންގެ ތެރެއިން ކޮންމެ 13،000 ން އެކަކަށް ޖެހޭ ބައްޔެއް ކަމަށާއި މިބަލި އާންމުކޮށް ޖެހޭނީ އުމުރުން 20-30 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އަދި މިއީ ހަމައެކަނި އަންހެނުންނަށް ޖެހޭ ބައްޔެއް ނޫން ކަމަށާއި، ކަންފަތުގެ މައްސަލަތައް ހުންނަ ފިރިހެނުންނަށް ވެސް މިބަލި ތަޙައްމަލު ކުރަން ޖެހިދާނެ ކަމަށް ކަމާއިބެހޭ މާހިރުން ބުނެފައިވެއެވެ. 

މީގެއިތުރުން ޑޮކްޓަރުން ބުނެފައިވަނީ، ފިކުރު ބޮޑުވުމުގެ ސަބަބުން ވެސް މިބަލި ޖެހުން އަވަސް ވެދާނެ ކަމަށެވެ.

ޗެން ބުނި ގޮތުގައި، އޭނާއަށް މިބަލި ޖެހުނު ދުވަހުގެ ކުރީ ރޭ އޭނާ އުޅުނީ ކަންފަތުގެ ރިއްސުމުގެ އިތުރުން މޭނުބައިވެސް ކުރާތީއެވެ. ނިދާފައި ހޭލުމަށްފަހު ރަނގަޅު ވެދާނެ ކަމަށް ހީކޮށް އޭނާ އެރޭ އެކަމާއި މާބޮޑަށް ނުވިސްނާ އެރޭ ނިދީ ކަމަށާއި އަނެއް ދުވަހު ހޭލިއިރު އެބަލި ޖެހިފައިވާ ކަމަށް ޗެން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ