އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނީ ކަންކަމަށް ހޭލުންތެރި ކުރުން ހުއްޓާލުމަށް ފުލުހުން ބުނެފައެއް ނުވޭ: ޝައިޚް ޒައިދު

ދީނީ ކަންކަމަށް ހޭލުންތެރި ކުރުން ހުއްޓާލުމަށް ފުލުހުން ބުނެފައެއް ނުވޭ: ޝައިޚް ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ދީނީ ކަންކަމަށް ދިވެހި ރައްޔިތުން ހޭލުންތެރި ކުރުން ހުއްޓާލުމަށް ފުލުހުން ބުނެފައި ނުވާ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ފުލުހުން ކުރަމުންދާ ތަހުގީގަކަށް މައުލޫމާތު ދެއްވަން ފުލުސް އޮފީހަށް މިރޭ ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ނިކުމެ ވަޑައިގެން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ޝައިޚް ޒައިދު ވިދާޅުވީ ފުލުހުން މިރޭ ސުވާލު ކުރެއްވީ ސޯޝަލް މީޑިއާގައި މިދުވަސްކޮޅު އެކިއެކި ފަރާތްތަކުން ފާޑުކިޔަމުން ދާއިރު އެއްވެސް ނޭދެވޭ ބަހެއް ދީނީ ޢިލްމުވެރިންނަށް އެމީހުންގެ ފަރާތުން އައިސްފައިވޭތޯ ބެއްލެވުމަށް ކަމަށެވެ.

މީގެއިތުުރުން ޝައިޚް ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް، ދީނީ ޢިލްމުވެރިން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ފުލުހުން ބުނެފައިނުވާ ކަމަށެވެ.

"ވިދާޅެއް ނުވޭ އަޅުގަނޑުމެން މިކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަކަށް. ނުވަތަ ދީނީ ގޮތުން މީހުން ހޭލުންތެރިކުރުވުން ހުއްޓާލުމަކަށް. އަޅުގަނޑުމެން މިހާރު ކުރަމުންދާ ކަންތައްތައް ހުއްޓާލުއްވުން އެއްވެސް ހާލެއްގައި އެބޭފުޅުންގެ މަޤުސަދެއް ނޫން ކަމަށް އަޅުގަނޑު ކައިރީ ދެންނެވި. އެބޭފުޅުންގެ މަޤުސަދަކީ ހަމައެކަނި ޤައުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އެބޭފުޅުންނަށް ކުރެވޭނެ ކަންތައްތައް ކުރުން ކަމަށް ވިދާޅުވީ" ޝައިޚް އަލީ ޒައިދު ވިދާޅުވިއެވެ. 

މީގެއިތުރުން ފުލުސް އޮފީހަށް ހާޒިރުވެސް ފުލުހުން ހިންގި ތަހުގީގަށް އެއްބާރުލުން ދެއްވުމަށްފަހު ޝައިޚް އަލީ ޒައިދު ވިދާޅުވީ ފުލުހުން އެމަނިކުފާނާއި މުޚާތަބު ކުރެއްވުމަށް ބެހެއްޓެވި ރިތި އަޚުލާޤާއި އަދާ ކުރެއްވިި އިޚްތިރާމަށް އެމުއައްސަސާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޝެއިޚްއަށް ގެއްލުމެއް ލިބިދާނެތީ އެކަމާއި ފުލުހުންގެ ކަންބޮޑުވުން ހުރިކަން ވެސް ދޭހަވެގެން ގޮސްފައިވާކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ