އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުމްހޫރީ ޕާޓީން ކުރިމަތިލާނެ ގޮނޑީގެ އަދަދު އެނގޭނީ ކުރިމަތިލައި ނިމުމުން: ޖޭޕީ

ޖުމްހޫރީ ޕާޓީން ކުރިމަތިލާނެ ގޮނޑީގެ އަދަދު އެނގޭނީ ކުރިމަތިލައި ނިމުމުން: ޖޭޕީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ޖުމްހޫރީ ޕާޓީން ކުރިމަތިލާނެ ގޮނޑީގެ އަދަދު އެނގޭނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ކުރިމަތިލާ ކެންޑިޑޭޓުން ކުރިމަތިލައި ނިމުމުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.  

ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ކުރިމަތިލާން ބޭނުންވާ މީހުންނަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީން ހުޅުވާލާފައި އޮތުމުން މިރޭ ބާއްވާ ކައުންސިލު ބައްދަލުވުމުގައި ކުރިމަތިލާ ކެންޑިޑޭޓުން ދިރާސާކޮށް އިވެލުއޭޓް ކުރަން 5 މެންބަރުންގެ ކޮމިޓީއެއް ހޮވާނެ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރިއާލައި ފަށައި 26 ހައިތަނުގައި ކުރިމަތިލާނެ ކެންޑިޑޭޓުންނާއި ދާއިރާތައް އިއުލާނުކުރެވޭވަރުވާނެ ކަމަށެވެ.  

ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީންވެސް އަދި އަދާލަތާއި ރައީސް މައުމޫންވެސް އުންމީދުކުރެއްވީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ކަންތައްތައް ނިމިގެން ގޮސް އެއްބަސްވެފައިވާ ގޮތަށް ދާއިރާތައް ކަނޑައެޅިގެންދާނެ ކަމަށް ކަމަށާއި ނަމަވެސް އެމްޑީޕީން ވަނީ އެގޮތް ޤަބޫލުނުކޮށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ނިންމި ގޮތަށް ކުރިއަށް ދިއުމަށް ނިންމާފައި ކަމަށެވެ. އެހެންކަމުން ޖޭޕީން ވެސް މިހާރު ބަލަނީ ކުރިމަތިލެވެން ހުރި ވީހައި ގިނަ ދާއިރާތަކަށް ކުރިމަތިލުމަށް ކަމަށާއި އެކަން ކަނޑައަޅާނީ އިވެލުއޭޝަން ކޮމިޓީގެ މަސައްކަތް ނިންމުމުން ޤައުމީ މަޖިލީހުން ކަމަށެވެ.  

ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީން އަބަދުވެސް ޤަބޫލުކުރަނީ އެއް ޕާޓީއަކުން ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށް ކަމަށާއި ރައްޔިތުން ބޭނުންވާފަދައިން ރާއްޖޭގައި ކަންކަން ކުރެވޭނީ ގިނަ ޕާޓީތައް ގުޅިގެން ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައިވެސް ގުޅެވެން ހުރި ޕާޓީތަކާއި ގުޅިގެން އިންތިޚާބު ކާމިޔާބުކުރަން ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ހުންނެވީ ކޯލިޝަން އެއްބަސްވުން ނަގަހައްޓަވައި ދަމަހައްޓަވަން ކަމަށާއި ޖުމްހޫރީ ޕާޓީން ވެސް މަސައްކަތް ކުރަމުން ގެންދާނީ އެމަނިކުފާނުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދީގެން ސަރުކާރު ދަމަހައްޓަން ކަމަށް ޤާސިމް އިބްރާހީމް މިރޭ ވެސް ވިދާޅުވިއެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް