އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ މިދަނީ ޓެކްސްގެ ނިޒާމަކަށް- ކޮންމެ މީހަކީވެސް ބައިވެރިއަކަށްވެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ މީހަކަށްވުން ވަރަށް މުހިންމު: ޤާސިމް

ރާއްޖެ މިދަނީ ޓެކްސްގެ ނިޒާމަކަށް- ކޮންމެ މީހަކީވެސް ބައިވެރިއަކަށްވެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ މީހަކަށްވުން ވަރަށް މުހިންމު: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ދުނިޔޭގެ އެހެން ޤައުމުތައް ފަދައިން ރާއްޖެ ވެސް މިދަނީ ޓެކްސްގެ ނިޒާމަކަށް ކަމަށާއި އެހެންކަމުން ކޮންމެ މީހަކީވެސް ބައިވެރިއަކަށްވެ ޤައުމުގެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ މީހަކަށްވުން ވަރަށް މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ އާއި ބައެއް ބޭފުޅުން ގުޅިވަޑައިގަތުމަށް ރޭ އެޕާޓީގެ މައިމަރުކަޒު، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޓެކްސްގެ ނިޒާމަކަށް ދިއުމުން ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންމެ ޚިދުމަތެއްވެސް ފޯރުކޮށްދެވެމުންދާނީ ނެގޭ ޓެކްސްގެ ފައިސާއިން ކަމަށްވާއިރު ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ވީހައި ފުރިހަމައަށް ލިބޭކަން ކަށަވަރު ކުރަން އެންމެންވެސް މަސައްކަތްކުރަންޖެހޭނެ ކަމަށާއި އެ މަސައްކަތުގައި ތައުލީމީ އަދި ފަންނީ ބޭފުޅުންގެ ދައުރު ވަރަށް މުހިންމުކަމަށެވެ.

އެހެންކަމުން އެފަދަ ބޭފުޅުން ގޭގޭގައި ތިއްބެވުމުގެ ބަދަލުގައި ނުކުމެވަޑައިގެން ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރުމަކީ ޤައުމަށްޓަކައި އަދި ތިމާގެ އަމިއްލަ ނަފްސަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ފެނާ ނަރުދަމާ، މަގުތައް، ކަރަންޓް، ތައުލީމް، ބޭސްފަރުވާ، ކުޅިވަރު މިހެންގޮސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވަރަށް ގިނަ. ކޮންމެ ކަމަކަށްވެސް ފައިސާ ޚަރަދުކުރަންޖެހޭ. ސަރުކާރު ކީނަމަވެސް އެއީ ހަމަ ހުއްޓައި ފައިސާ ލިބޭ ކަމެއް ނޫން. ނޫޓްތަކެއް ޗާޕްކޮށްގެން ގެނައި ނަމަވެސް އެއިގެ އަގެއް ނުހުންނާނެ. (ދައުލަތަށް ލިބޭ އާމްދަނީގެ ނިޞްބަތުން ނޫނީ). ނޫޓު ޗާޕް ކުރެވެނީވެސް ފައިސާ ޚަރަދުކޮށްގެން. ވީމާ ކޮންމެ ކަމެއްވެސް މިކުރެވެނީ ހަމަ ފައިސާތަކެއް ޚަރަދުކޮށްގެން."

ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ މީހަކީވެސް މަސައްކަތް ކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. މަސައްކަތް ނުކުރާނަމަ ކާންބޯންދީ، ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "ހުރިހާ ރަށަކަށް ވެސް ހުރިހާ ކަމެއް ވެސް ބޭނުންވޭ.

ކޮންމެ ވެރިއަކު ހުރިނަމަވެސް އެކަންކަން ފުރިހަމައަށް ފޯރުކޮށްދެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން. އެއްބާރުލުން ނުދީ އާސަންދަ އާއި އެސްޕާ އަދި އެނޫންވެސް ޚިދުމަތްތައް ހޯދަން ދިއުމުން ބޭނުންވާ ގޮތަށް ނުލިބުމުން އެއްޗެތި ކިޔުމަކީ ކަންކަން ހައްލުކުރެވޭނެ ގޮތެއް ނޫން."

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ ތެޔޮ ފަދަ ޤްދްރަތީ ވަސީލަތްތައް ހުރި ޤައުމެއް ނޫން ކަމަށެވެ. "ދޮންވެލިކޮޅު އެކްސްޕޯޓްކުރަން ފެށިނަމަވެސް އިސާހިތަކު ހުސްވެދާނެ. އެހާލުގައި ތިބި ބައެއް އަޅުގަނޑުމެންނަކީ. ވީމާ އަޅުގަނޑުމެން ޖެހޭނެ މަސައްކަތްކޮށް އާމްދަނީ ހޯދަން މަސައްކަތް ކުރަން. އެއިރުން ހުރިހާ ކަމެއްވެސް ފުރިހަމަވަމުންދާނީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ޢާންމުވެފައިވާ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް ވެސް އެންމެން ގުޅިގެން މަސައްކަތްކޮށް އެވަބާއިން ސަލާމަތް ވުމުގެ މުހިންމުކަންވެސް ޤާސިމް އިބްރާހީމް ވަނީ ފާހަގަކުރައްވައިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް