އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމަކާއެކު ވިޔަފާރިކުރަން، ކައިވެނިކުރަން ބޭނުން ނުވާ ހިސާބަށް ދިއުމުން މިއަދުގެ މުސްލިމުންގެ ހާލަތު ހާދަ ހިތާމަވެރިއެވެ!: މުފްތީ މެންކް

މުސްލިމަކާއެކު ވިޔަފާރިކުރަން، ކައިވެނިކުރަން ބޭނުން ނުވާ ހިސާބަށް ދިއުމުން މިއަދުގެ މުސްލިމުންގެ ހާލަތު ހާދަ ހިތާމަވެރިއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ހަމަ ފައުޅުގައި މުސްލިމުންނާއިއެކު ވިޔަފާރިކުރަން ބޭނުން ނޫންކަމަށް ބުނާ ކާފަރުން އެބަތިއްބެވެ. އަހަރެންގެ ޤައުމުގައި އެއީ ޢާންމުކަމެކެވެ. މައުލޫމާތު ލިބޭ ގޮތުން އެހެން ޤައުމުތަކުގައިވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. މުސްލިމުންނާއިއެކު ވިޔަފާރިކުރަން ބޭނުން ނޫންކަމަށް ބުނަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ މުޢާމަލާތްތަކުގައި މަކަރު ހަދާތީއެވެ. މަކަރުހަދާ މުސްލިމުންގެ އަދަދު ގިނަވަމުން އަންނާތީއެވެ!

(ދަރުސް މިހިސާބަށް ގެންދެވުމަށްފަހު މިޤައުމުގައި މިކަން އޮންނަނީ ކިހިނެއްތޯ ސުވާލުކުރެއްވުމުން ގިނަ ބައަކު ހޭން ފެށުމުން ދަރުސް ދެއްވި މުފްތީ މެންކަށް ޖެހިވަޑައިގަތީ މައުޟޫޢު ބަދަލުކުރައްވާށެވެ!)

މުސްލިމް ފިރިހެނުންނާއި ކައިވެނިކުރަން ބޭނުން ނޫން ކަމަށް ބުނާ އަނަހެނުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މުސްލިމް ފިރިހެނުންނާއި ކައިވެނިކުރަން ބޭނުން ނޫން ކަމަށް ބުނަނީ ކީއްވެގެންހެއްޔެވެ؟ ހަރުކަށިވެފައި އަނިޔާވެރިވުން އިތުރުވުމުގެ ސަބަބުންނެވެ. ވަރިކޮށްފައި އެއްލައިލާ މިންވަރު ގިނަކަމުންނެވެ!

ނިކަން ވިސްނައިލަބަލާށެވެ! މަކަރާއި ހީލަތް ހެދުމަކީ ﷲ ތަޢާލާ ކަނޑައެޅިގެން ޙަރާމް ކުރއްވަވާފައިވާ ކަމެކެވެ. ނަމަވެސް އެއްވެސް ބިރެއް ނެތި އެކަންކަން މުސްލިމުންގެ މެދުގައި އިތުރުވަމުން ދިއުމަކީ ކިހައި ހިތާމަހުރި ކަމެއް ހެއްޔެވެ؟

އަނބިންނަށް އަނިޔާވެރިވުމަކީ ﷲ ތަޢާލާ ކަނޑައެޅިގެން ނަހީ ކުރައްވަވާފައިވާ ކަމެކެވެ. ހަމަ އެއާއިއެކު ވަރި ކުރުމަކީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އަމަލެވެ. އިސްލާމް ދީނުގައި ވަރިއާއި ހަމައަސް ދެވެނީ 3 މަރުހަލާއަކަށްފަހުގައެވެ. މައްސަލައެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ އޮތީ ދެމީހުންގެ މެދުގައި މަޝްވަރާކޮށް ހައްލުކުރަން މަސައްކަތް ކުރުމެވެ.

އެގޮތުން ޙައްލު ނުކުރެވުނުނަމަ އެންމެ އިތުބާރު ހިފޭ، ދެފަރާތުގެ ޢާއިލާގެ މީހުންގެ އެހީތެރިކަން ހޯދައިގެން މައްސަލަ ޙައްލުކުރަން މަސައްކަތް ކުރުމެވެ. އެވަރުންވެސް ޙައްލު ނުކުރެވުނު ނަމަ އެންމެ އިތުބާރު ހިފޭ ގާތް އެކުވެރިން މެދުވެރިކޮށްގެންވެސް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަން ޖެހެއެވެ. ވަރިއާއި ހަމައަށް ދާން އިސްލާމް ދީނުގައި އޮތީ މި 3 މަރުހަލާ ވެސް ފުރިހަމަކޮށް ޙައްލެއް ނުހޯދިއްޖެ ނަމައެވެ.

ނަމަވެސް ގިނަ ފަހަރު ވަރިކޮށްލެވެނީ އަންނަ ރުޅިމަތީގައެވެ. މިއިން އެއްވެސް މަރުހަލާއެއް ފުރިހަމަ ނުކޮށެވެ. ކޯޓަށް ހުށަހަޅަނީވެސް ވަރިކޮށްލުމަށްފަހުގައެވެ. މިއީ ވަރަށް ދެރަކަމެކެވެ. މިކަމުގެ ސަބަބުން ދެރަ ނިކަމެތިކަން ލިބެނީ ތިމާއަށް އެކަންޏެއް ނޫނެވެ. މިހާރު މިދެއްކެނީ އެކަމުގެ ސަބަބުން މުޅި އިސްލާމީ އުންމަތަށް ގެއްލުން ލިބެމުން އަންނަކަމުގެ ވާހަކަތަކެވެ.

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ސަމާލުކަން އިތުރުކުރާށެވެ! މުސްލިމުން ވާން ޖެހޭނީ އެހެން ދީންތަކުގެ މީހުންނަށް ހުރިހައި ގޮތަކުން ވެސް ނަމޫނާ ބައަކަށެވެ. އިސްލާމުންނަށް ކުރިއެރުން ލިބި ނަޞްރު ލިބުނީ މުސްލިމުންގެ ގޮތުގައި ތިބި ދުވަސްވަރުއެވެ. ވީމާ އިސްލާމް ދީނަށް ކުރިއެރުން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރާ ބައަކަށްވަމާތޯއެވެ!

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް