އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުންގެ ސިޓީގައި ރޭ ދެ މާރާމާރީ ހިންގައިފައިފި!

ޒުވާނުންގެ ސިޓީގައި ރޭ ދެ މާރާމާރީ ހިންގައިފައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ލިޔުނީ: ޒިދާން މުޙައްމަދު

ޒުވާނުންގެ ސިޓީ ނުވަތަ ޔޫތު ސިޓީގެ ނަމުން މުހާތަބުކުރާ ހުޅުމާލޭގައި،ދެމާރާމާރީއެއް ހިންގައި ދެމީހަކު ޒަހަމްކޮށްލައިފިއެވެ. ހުޅުމާލޭގައި މި ދެ މާރާމާރީ ވެސް ހިންގައިފައި ވަނީ ރޭގައެވެ. 

އާސަންދަކުންފުނިން ހުޅުމާލޭގައި ހިންގަމުން އަންނަ، ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ރޭދަންވަރު 12:30 ހާއިރު ހުޅުމާލޭ ދެތަނެއްގައި ހިނގި މާރާމާރީތަކާއި ގުޅިގެން ދެޒުވާނަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސް ފަރުވާދެވުނުކަމަށެވެ. އެތަނުން އެކަކަށް ފަރުވާދީ މިހާރު ދޫކޮށްލާފައިވި ނަމަވެސް، އަނެކަކު މިހާރު ވަނީ އިތުރު ފަރުވާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ފޮނުވާލާފައި ކަމަށް، ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ. 

މި މާރާމާރީތަކުގައިޒަހަމް ވެފައި ވަނީ، ގދ.ގައްދޫއަށްނިސްބަތްވާ 23 އަހަރުގެ ފިރިހެނެކާއި، ޅ. ހިންނަވަރަށް ނިސްބަތްވާ 28 އަހަރުގެފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 23 އަހަރުގެފިރިހެން މީހާއަށް ހަމަލާ ދީފައި ވަނީ، ހުޅުމާލެ ފްލެޓްނަމްބަރު 122-125 ކައިރިން ސައިކަލުގައި ދުއްވާފައިދަނިކޮށެވެ. އަދި އަނެއް މާރާމާރީ ހިނގާފައި ވަނީ ހުޅުމާލޭގައި ހުންނަ ސެންޓްރޯ މޯލް ކައިރީގައެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާދިސާފުލުހުންނަށްރިޕޯޓުކޮށްފައިވަނީރޭ 12:10 އެހާކަށްހާއިރުއެވެ. އަދި މިއާ ގުލޭ އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލު ނުދެއްވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް