އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އެކްސްކޯއަށް 3 ބޭފުޅަކު އައްޔަންކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އެކްސްކޯއަށް 3 ބޭފުޅަކު އައްޔަންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯއަށް 3 ބޭފުޅަކު އައްޔަންކޮށްފިއެވެ.

އެ އިދާރާގެ އެގްޒެގެޓިވް ކޮމިޓީ (އެކްސްކޯ) އަށް އައްޔަންކޮށްފައިވަނީ އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރ މުހައްމަދު ހާނިމް އާއި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ) އެވެ.

މިދިޔަ ހަފްތާގައި ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި އައްޔަންކުރި މި ތިން ބޭފުޅުންނަށް ރުހުންދޭނީ އެންމެ އަވަހަށް ބާއްވާ އެފްއޭއެމްގެ ކޮންގްރެސްގައެވެ. އެހެންނަމަވެސް ކޮންގްރެސް ބާއްވާނެ ތާރީޚެއްއަދި އިޢުލާން ނުކުރާ އިރު، އެފްއޭއެމް އިން ބުނީ ތާރީޚް ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށެވެ.

މިތިން ބޭފުޅުން އެކްސްކޯއަށް އައްޔަނުކުރީ ކޮމިޓީގެ ގިނަ ބައްދަލުވުންތަކަކަށް ޙާޟިރުވެފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީގެ ބަދަލުގައެވެ.

އަލަށް އައްޔަނުކުރި ތިން މެމްބަރުންނާއެކު އެފްއޭއެމްގެ އެކްސްކޯގައި މިހާރު ތިއްބަވާނީ ރައީސް ބައްސާމް އަދީލް ޖަލީލާއި ދެ ނައިބް ރައީސުން ކަމަށްވާ އަހްމަދު ޝަކީބާއި އައިޝަތު ނާޒިމާ އަދި މަޖިލިސް ދެ މެމްބަރުން ކަމަށްވާ މުހައްމަދު އަލީ އާއި މުއާޒް މުހައްމަދު ރަޝީދު އާއި މުހައްމަދު ޝިފާއު އެވެ.

މުޙައްމަދު ހާނިމްއަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މެނޭޖަރެވެ. އަދި އޭނާ ވަނީ ކުޅިވަރުގެ މެނޭޖްމަންޓް ލެވެލްގައި ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. ކޮކީ އާއި މުފާ އަކީ މާޒިޔާ އަދި އީގަލްސްގެ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ދެފަރާތެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް