އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑްރައިވަރާއިނުލާ ދުއްވާ ރޭލުގެ ދަތުރުތައް އޮސްޓްރޭލިއާގައި ޓެސްޓުކޮށްފި

ޑްރައިވަރާއިނުލާ ދުއްވާ ރޭލުގެ ދަތުރުތައް އޮސްޓްރޭލިއާގައި ޓެސްޓުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ޑްރައިވަރާއިނުލާ ދުއްވާ ރޭލުގެ ދަތުރުތައް އޮސްޓްރޭލިއާގައި ޓެސްޓުކޮށްފިއެވެ.

ގާތްގަޑަކަށް 5.9 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ މި ރޭލަކީ ގަޑިއަކު 36 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރުމުގެ ޤާބިލުކަން ހުރި ރޭލުތަކެކެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރއެންޑްރޫ ކޮންސްޓެންސް ވިދާޅުވީ ޓެސްޓް ދަތުރުތައް ކުރަން ފެށި ނަމަވެސް ރަސްމީކޮށް ދަތުރުކުރަން ފަށާނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ. ނަމަވެސް މިފަދަ ދަތުރުތަކަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ރޭލުތަކުގައި ދަތުރުކުރާ ޕަސެންޖަރުން ހަދަންޖެހޭ ގޮތަކީ ރޭލަށް އެރުމަށްފަހު، އެމީހަކު ދާންބޭނުންވާ މަންޒިލު އެ ރޭލުގައި ހަރުކޮށްފައިވާ ސްކްރީން ނުވަތަ ޓެބްގައި ޖެހުމެވެ. އޭރުން އެ މަންޒިލަކަށް ދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް