އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެގައުމުގެ ގުޅުން ބަދަހިކުރުމާބެހޭގޮތުން ޔޫ.އޭ.އީ ގެ ވަލީއަހުދާއި ރައީސް ސޯލިހް މަޝްވަރާ ކުރައްވައިފި

ދެގައުމުގެ ގުޅުން ބަދަހިކުރުމާބެހޭގޮތުން ޔޫ.އޭ.އީ ގެ ވަލީއަހުދާއި ރައީސް ސޯލިހް މަޝްވަރާ ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ދިވެހިރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޔޫ.އޭ.އީ ގެ ވަލީއަހުދު އަދި ޑެޕިޔުޓީ ސުޕްރީމް ކޮމާންޑަރ އޮފް ދި އާމްޑް ފޯސަސް ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް އޮތީ، މިއަދު އަބޫދާބީގައި ބޭއްވި ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑް ހަފުލާގެ ކުރިން ދެ ބޭފުޅުން ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

 

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ޔޫ.އޭ.އީ އިން އަބަދުވެސް ރާއްޖެއަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރު ކޮށްދެމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެ ޤައުމުގެ ވަލީއަހުދު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ޚާއްޞަ ގޮތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ޔޫ.އޭ.އީ ގެ ވަލީއަހުދު ފާޅު ކުރެއްވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު