އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ނަރުހުންގެ އޯގާތެރިކަން އެއްމެ ފޮޓޯއަކުން!

ދިވެހި ނަރުހުންގެ އޯގާތެރިކަން އެއްމެ ފޮޓޯއަކުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު

 

ނަރުހުންނަކީ އަބަދުވެސް އޯގާތެރި ބައެކެވެ. އެމީހުންގެ ހިތާއި އަތްތަކުގައި ވަނީ ހަމަ އޯގާތެރިކަމެވެ. އެ މޫނުތަކުން އަބަދުވެސް ފެންނަނީ ބަޔަކަށް ޚިދުމަތް ކޮށްދެވޭތީ ވެރިވެފައިވާ ހިނިތުންވުމެކެވެ. ދިވެހި ނަރުހުންނަކީ ޙާއްސަކޮށް މިކަމުގައި އަރާތިބި ނަމޫނާ ބައެކޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. މިކަން މީސްމީޑިއާގައި އާއްމުވި ފޮޓޯއަކުން ވަރަށް ރަނގަޅަށް ހާމަކޮށްދީފިއެވެ.

 

ދިވެހިންގެ މެދުގައި މަޤުބޫލު ފޭސްބުކް ޕޭޖެއް ކަމަށްވާ  "މޯލްޑިވިއަންސް ބީ ލައިކް" ގައި ޝާއިއު ކުރި އެ ފޮޓޯގެ ސަބަބުން އެތައް ބަޔަކު އަންނަނީ އެ ނަރުހުންނަށް ތައުރީފުގެ ބަސްތައް ރައްދުކުރަމުންނެވެ. ހަޤީޤަތުގައި ވެސް އެ ފޮޓޯއިން ފެންނަނީ އުފާވެރި މަންޒަރެކެވެ. "އަބަދުވެސް ނަރުހުންގެ މޫހުމަތިން ހިނިތުންވުން ފެންނާނެ" ކަމަށް ބުނެ "މޯލްޑިވިއަންސް ބި ލައިކް" އިން އާއްމުކުރި މި ފޮޓޯއިން ފެންނަނީ އާދަޔާ ހިލާފް މަންޒަރެކެވެ.

ފޮޓޯއިން ފެންނަނީ ދެ ނަރުހުންނާ ތުއްތު ކުއްޖެކެވެ. އެ ތުއްތު ކުއްޖާ އަތަށް ލޭ އަޅާ ހޮޅި ގުޅާފައިވާއިރު، އެކަކު ހުރީ އެ ކުއްޖާ އުރާލައިގެންނެވެ. އަނެކަކު ހުރީ ލޭ "ޕައިންޓު" ހިފަހައްޓައިގެން އެމީހުން ގާތުގައެވެ. ދެ ނަރުހުން ވެސް ތިބީ ކޮޅަށެވެ. "ޕައިންޓު" ސްޓޭންޑަކަށް ވީ އެ ނަރުސް ދައްތަގެ އަތެވެ.

މީގެ އިތުރުން، ފޮޓޯއިން ފެންނަ މަންޒަރަށް ބަލާއިރު އެގޮތަށް އެކަން ކޮށްފައިވަނީ އެ ކުއްޖާ ރޯތީވެ މަސަލަސް ކުރުމަށް ކަމަށް ބެލެވެއެވެ. ނޫނީ، ލޭ އަޅާ ވަގުތު ވާ އެއްވެސް ތަދެއް އެ ކުއްޖާއަށް އިހުސާސް ވިޔަ ނުދިނުމަށް އެ ނަރުހުންގެ ބޮލުގެ ބޭނުންކޮށް މޮޅު ރޮކެޓެއް ރާވާލީއެވެ. އެމީހުން ހުއްޓިގެން ތިބީ ޓީވީއެއް ކުރިމަތީގައި ކަމުން އެ ކުއްޖާވަނީ ޓީވީން ދައްކަމުންދިޔަ ޕްރޮގުރާމަކަށް ގެއްލިފައެވެ. އެހެން ކަމުން އެ ނަރުހުންގެ ވިސްނުމާއި އެއްގޮތައް އެ ކުއްޖާއަށް އެވަގުތު ވާނޭ ތަދެއް މާ ބޮޑަށް ރެއަކާ ނުލާނެއެވެ.

ކޮއްމެއަކަސް، މި ފޮޓޯއިން ފެނިގެންދަނީ ތުއްތު ކުއްޖަކަށްޓަކައި ނަރުހުން ވަމުންދާ ޤުރުބާނީއެވެ. އެމީހުން އެކުއްޖާއަށް އަޅާލާފައި އެވަނީ އަމިއްލަ ދަރިއަކަށް އަޅާލާ ފަދައިންނެވެ. ނަރުހުންގެ އޯގާތެރިކަމުގެ މިސާލަކަށް މި ފޮޓޯ ނުފުދޭ ތޯއެވެ؟

ލޮބުވެތި ނަރުހުންނެވެ. ތިޔަ ޚިދުމަތަކީ އާދައިގެ ޚިދުމަތެއް ނޫނެވެ. ތިޔައީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ނާޒުކު ޚިދުމަތެކެވެ. އެހެންވީމާ ތިޔަ ތުރުކުރައްވައިގެން ތިއްބަވާ ބޯކިރު ފޮދެއްފަދަ ހުދު ޔުނީފޯމް ފަދަ ސާފު ހިތަކާއެކު ބަލިމީހުންނަށް ހޭހަން ކޮށްދެއްވުމުގައި ތިޔަހެން ދެމި ތިއްބަވާށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު