އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާސެނަލްގެ ގޯލްކީޕަރ ޕީޓަރ ޗެކް މި ސީޒަނަށްފަހު ކުޅުން ހުއްޓާލަނީ..

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 42 ސިކުންތު

އާސެނަލްގެ ގޯލްކީޕަރ ޕީޓަރ ޗެކް މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން އިޢުލާންކޮށްފިއެވެ.

ޢުމުރުން 36 އަހަރުގެ ޕީޓަރ ޗެކް ވަނީ އާސެނަލްއަށް ގިނަ ކާމިޔާބީތަކެއް ހޯދުމަށް އެހީތެރިވެދީފައެވެ. އެގޮތުން ޕްރިމިއަރ ލީގު، އެފް އޭ ކަޕް، ޗެމްޕިއަންސް ލީގު އަދި ޔޫރަޕިއަން ކަޕް ހޯދައިދިނުން ހިމެނެއެވެ.

ޗެކް މިއަދު ކޮށްފައިވާ ޓްވީޓަކާއި ޙަވާލާދީ ' ދަ ގާރޑިއަންސް" ގައި ބުނެފައިވަނީ ޗެކް ރިޕަބްލިކްގެ ޤައުމީ ޓީމަށް 124 މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެވިއްޖެ ކަމަށާއި މިއީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރގައި 20 ވަނަ އަހަރު ކަމަށެވެ.

" ޕްރެމިއަރ ލީގު 15 އަހަރު ކުޅެވިއްޖެ. އަދި އޭގެ ތެރެއިން ގިނަ އަހަރުތަކެއްގެ މޮޅު ކުޅުންތެރިޔާ ނުވަތަ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމު ހޯދިއްޖެ. އެހެންވެ، މިހާރު އަހަންނަށް ހީވަނީ ހުރިހާ ކަމެއް ހާސިލުވެއްޖެހެން. އަދި ކުޅުންހުއްޓާލަންވީ ވަގުތުޖެހި އާ ކުޅުންތެރިންނަށް ފުރުޞަތު ދޭންވީ ވަގުތުވެސް ޖެހިއްޖެހެން" ޗެކް ޕީޓަރ ބުނެފައިވެއެވެ.

2016 ވަނަ އަހަރުގެ މެޗެއްގައި ޗެކްގެ ބޮލަށް ލިބުނު އަނިޔާއަކާއިގުޅިގެން މިހާތަނަށްވެސް އޭނާ ކުޅެމުން އަންނަނީ ބޮލުގައި ގާޑު އަޅައިގެންނެވެ. އެހެންނަމަވެސް އަބަދުވެސް ފިޓްކޮށް ފެންނަ ޗެކް ގެ ހުށިޔާރުކަމަށް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޗެކް ޕީޓަރ ވެފައިވަނީ ޕްރިމިއަރ ލީގުގެ 200 މެޗުގައި އެއްވެސް ކާޑެއް ނުދައްކާ ހުރި ހަމައެކަނި ކީޕަރުވެސްމެއެވެ.

ޗެކްގެ މި ނިންމުމާއިގުޅިގެން އާސެނަލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ " ޗެކް އަކީ އާސެނަލްގައި 50 މެޗުގައި އެއްވެސް ކުށެއްނުކޮށް، ކާޑެއް ނުދައްކާ ހުރި ހަމައެކަނި ކީޕަރު" ކަމަށާއި " ޗެކްގެ ވަކިވުމަކީ ހިތާމައެއް" ކަމަށެވެ.

އެހެންނަމަވެސް އާސެނަލްއަށް ޗެކް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަންކުރާކަމަށް ވަނީ ބުނެފައެވެ.

އާސެނަލްގެ ގޯލްކީޕަރ ޕީޓަރ ޗެކް މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން އިޢުލާންކޮށްފިއެވެ.

ޢުމުރުން 36 އަހަރުގެ ޕީޓަރ ޗެކް ވަނީ އާސެނަލްއަށް ގިނަ ކާމިޔާބީތަކެއް ހޯދުމަށް އެހީތެރިވެދީފައެވެ. އެގޮތުން ޕްރިމިއަރ ލީގު، އެފް އޭ ކަޕް، ޗެމްޕިއަންސް ލީގު އަދި ޔޫރަޕިއަން ކަޕް ހޯދައިދިނުން ހިމެނެއެވެ.

ޗެކް މިއަދު ކޮށްފައިވާ ޓްވީޓަކާއި ޙަވާލާދީ ' ދަ ގާރޑިއަންސް" ގައި ބުނެފައިވަނީ ޗެކް ރިޕަބްލިކްގެ ޤައުމީ ޓީމަށް 124 މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެވިއްޖެ ކަމަށާއި މިއީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރގައި 20 ވަނަ އަހަރު ކަމަށެވެ.

"ޕްރެމިއަރ ލީގު 15 އަހަރު ކުޅެވިއްޖެ. އަދި އޭގެ ތެރެއިން ގިނަ އަހަރުތަކެއްގެ މޮޅު ކުޅުންތެރިޔާ ނުވަތަ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމު ހޯދިއްޖެ. އެހެންވެ، މިހާރު އަހަންނަށް ހީވަނީ ހުރިހާ ކަމެއް ހާސިލުވެއްޖެހެން. އަދި ކުޅުންހުއްޓާލަންވީ ވަގުތުޖެހި އާ ކުޅުންތެރިންނަށް ފުރުޞަތު ދޭންވީ ވަގުތުވެސް ޖެހިއްޖެހެން" ޗެކް ޕީޓަރ ބުނެފައިވެއެވެ.

2016 ވަނަ އަހަރުގެ މެޗެއްގައި ޗެކްގެ ބޮލަށް ލިބުނު އަނިޔާއަކާއިގުޅިގެން މިހާތަނަށްވެސް އޭނާ ކުޅެމުން އަންނަނީ ބޮލުގައި ގާޑު އަޅައިގެންނެވެ. އެހެންނަމަވެސް އަބަދުވެސް ފިޓްކޮށް ފެންނަ ޗެކް ގެ ހުށިޔާރުކަމަށް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޗެކް ޕީޓަރ ވެފައިވަނީ ޕްރިމިއަރ ލީގުގެ 200 މެޗުގައި އެއްވެސް ކާޑެއް ނުދައްކާ ހުރި ހަމައެކަނި ކީޕަރުވެސްމެއެވެ.

ޗެކްގެ މި ނިންމުމާއިގުޅިގެން އާސެނަލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ " ޗެކް އަކީ އާސެނަލްގައި 50 މެޗުގައި އެއްވެސް ކުށެއްނުކޮށް، ކާޑެއް ނުދައްކާ ހުރި ހަމައެކަނި ކީޕަރު" ކަމަށާއި " ޗެކްގެ ވަކިވުމަކީ ހިތާމައެއް" ކަމަށެވެ.

އެހެންނަމަވެސް އާސެނަލްއަށް ޗެކް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަންކުރާކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް

މުހައްމަދު އަފްރާޙް