އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިހަ ޓަނުގެ ޕްލާސްޓިކް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އުޅަނދެއް ބަނދެފި

ދިހަ ޓަނުގެ ޕްލާސްޓިކް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އުޅަނދެއް ބަނދެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ދިހަ ޓަނުގެ ޕްލާސްޓިކް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އުޅަނދެއް ބަނދެފިއެވެ.

 

މި އުޅަނދުގެ ފުރަތަމަ ދަތުރު ކުރުމަށް ނިންމާފައިވަނީ ކެންޔާގެ ލަމު އައިލެންޑުން ތެންޒޭނިއާގެ ޒަންޒިބަރް އަށެވެ. މިއީ ގާތްގަޑަކަށް 500 ކިލޯމީޓަރުގެ ރާސްތާއަކަށްވާ އިރު، މި އުޅަނދަށް ޒަންޒިބަރްއަށް ދެވޭނެކަމަށް ލަފާކުރަނީ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

 

މި އުޅަނދު ޒަންޒިބަރްގެ ސްޓޯން ޓައުންއަށް ކުރާ މި ދަތުރުގައި އެ އަވަށުގައި އޮންނަ މިއުޒިކަލް ފެސްޓިވަލެއްގައި ބައިވެރިވާނެއެވެ. މިއީ މޫދަށް ކުނި އެޅުމާއި އުކާލާ ޕްލާސްޓިކުން ލިބޭ ގެއްލުމާއި ތަޣައްޔަރުވުން ކުޑަކުރުމަށް އެހީތެރިވެދީ، ހޭލުންތެރިކުރުވުމަށް ބާއްވާ ފެސްޓިވަލެކެވެ.

 

މި އުޅަނދުގެ ދިގުމިނުގައި 9 މީޓަރު ހުރެއެވެ. އަދި މުޅި އުޅަނދު ފަރުމާކޮށްފައިވަނީ ތަފާތު އެކި ޑިޒައިންތައް ބޭރުން ފެންނަ ގޮތަށެވެ.

 

ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ތިމާވެއްޓާއިބެހޭ ޖަމިއްޔާއިން އިސްނަގައިގެން މި އުޅަނދު ބަނދެފައިވަނީ ލަމު އައިލެންޑުގެ އަތިރިމައްޗަށް އުކާލާފައިވާ ޕްލާސްޓިކް ފުޅިއާއި ހަން ފަދަ ތަކެތި ބޭނުންކޮށްގެންނެވެ.

 

ޔޫ އެން އިން ބުނީ މިފަދަ އުޅަނދެއް ބަނުމުގެ ބޭނުމަކީ އުކާލެވޭ ޕްލާސްޓިކުންވެސް ބޭނުންތެރި އެތައް ތަކެއްޗެއް ހެދިދާނެކަމާއި ތިމާވެއްޓަށް ނުރައްކާތެރި ޚާއްޞަކޮށް ޕްލާސްޓިކް އުކާލުމުގެ ނުރައްކާތެރިކަން ޢާންމުންގެ މެދުގައި އަށަގެންނެވުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް