އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދު ދީދީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.  

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ޢާއިޝަތު މުޙައްމަދު ދީދީއަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖޭއާއި ދެމެދު އޮންނަ ވަރުގަދަ ގުޅުން ދެމެހެއްޓުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢާއިޝަތު މުޙައްމަދު ދީދީއަކީ މިކަމަށް ޤާބިލުބޭފުޅެއްކަމުގައި ފާހަގަކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އިންޑިއާ އާއި ގުޅިގެން ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.އެގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އިންޑިއާގެ އެހީ ހޯއްދަވަން ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިޝްތިހާރުކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށްވެސް ސަފީރު އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ޚާއްޞަކޮށް ރާއްޖޭގެ ރީތި ނަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. 

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތައުލީމީ ދާއިރާއިން ރާއްޖެއަށް މަތީ ތައުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވަން މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.މީގެއިތުރުން މިހާރު އިންޑިއާގައި ތައުލީމު ހާސިލުކުރަމުންދާ ރާއްޖޭގެ ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށްވެސް އެމަނިކުފާނު ސަފީރު އަރިހުގައި އެދި ވަޑައިގެންނެވިއެވެ.މީގެ އިތުރުން ސިއްހީ ދާއިރާއިން ބޭނުންވާ ކުރިއެރުން ހޯދުމަށާއި އާންމު ރައްޔިތުންން ބޭނުންވާ މުހިންމު ހިދުމަތްތައް މަގުފަހިކޮށްދެއްވުމަށް އިންޑިއާ އާއި ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އިންޑިއާގެ ނިއުދިއްލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ އެކަމަނާއަށް މި ލިބުނު ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި ހުރިހާ ދާއިރާއަކުންވެސް މަސައްކަތް ކޮށްދެއްވާނެކަމަށެވެ. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓަވަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު