އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގަވެސް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާނީ ޒިންމާއެއް އޮތް މީހުން: ޤާސިމް އިބްރާހީމް

މަޖިލީހުގަވެސް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާނީ ޒިންމާއެއް އޮތް މީހުން: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު

ދައުލަތުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް ޒިންމާދާރުކަމާއިއެކު މަސައްކަތްކުރާނީ އެމީހެއްގެ ކިބައިގައި ޒިންމާއެއް އޮތް މީހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ކުރީގެ އޭސީޕީ ޢަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ އާއި ގުޅުމަށް މިރޭ ޖޭޕީގެ މައިމަރުކަޒު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ މެންބަރިކަމަށް މަހުޖަނުން ނޫނީ ވިޔަފާރިވެރިން ކުރިމަތިލުމުން ޤައުމަށް ކުރާނީ ފައިދާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާނީ އެމީހެއްގެ ކިބައިގައި ޒިންމާއެއް އޮތް ބައަކު ކަމަށެވެ. އެއްވެސް ޒިންމާއެއް ނެތް މީހަކީ ކޮންމެ ގޮތެއް ވަރިހަމަވާނެ މީހެއް ކަމަށާއި އެފަދަ މީހަކު ޤައުމާއި އަދި ރައްޔިތުންނާއިމެދު ވިސްނަން ބޭނުން ނުވާނެ ކަމަށެވެ.

"މަޖިލީހަށް ވައްދަން ޖެހޭނީ އެއްވެސް ޒިންމާއެއް ނުއުފުލާ، އަމިއްލަ އަނބިދަރިންގެ ޒިންމާވެސް ނުއުފުލާ "އާވާރާވެގެން" އުޅޭ، ބުނީމާ ބަޓަނަށް ފިތައިލާނެ މީހުންތޯ؟" ވެސް ޤާސިމް އިބްރާހީމް ވަނީ ސުވާލު ކުރައްވައިފައެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ އެކެއްގެ އަތްމަތީގައި ހުރިހާ ބާރުތަކެއް އޮތުމާއި ދެކޮޅަށް އިއްޔެޢާއި ހަމައަށް ވަކާލާތު ކުރުމަށްފަހު ހުރިހާ ބާރުތަކެއް އެމީހެއްގެ ކޮންޓްރޯލުގެ ދަށަށް ގެންނަން މިއަދު މަސައްކަތް ކުރުމަކީ ރައްޔިތުން އެއްވެސް ޙާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެއްވެސް މީހެއްގެ އަތްމައްޗަސް ހުރިހާ ބާރުތަކެއް ދޫކޮށްލަން ރައްޔިތުން އަބަދުވެސް ދެކޮޅޫ ކަމަށެވެ. އަދި މިއަދުވެސް ރައްޔިތުން ތިބީ އެގޮތުގައި ކަމަސް ޔަޤީންކުރައްވާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ބައަކު ނުވަތަ ވަކި މީހަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރުކާރެއް ކަމަށާއި ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ކަމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެން އެއްބަސްވެވަޑައިގެންފައިވާ ފަދައިން ސާބިތުކަމާއިއެކު ދެމިހުންނެވުމަށް ގޮވާލައްވާ ކަމަށެވެ. "މަނިކުފާނު އެގޮތުގައި ސާބިތުވެ ހުންނެވިހައި ދުވަހަކު ރައްޔިތުން ތިބޭނީ މަނިކުފާނާއިއެކު. މަނިކުފާނަށް ހުރިހާ ގޮތަކުންވެސް އެހީތެރިވުމުގައި އަޅުގަނޑު ސާބިތު ކަމާއިއެކު ދެމިހުންނާނަން." 

ޤާސިމް އިބްރާހީމް ވިދާޅުވީ މިސަރުކާރުގައި އެމްޑީޕީގެ ވެސް އޮތީ ހިއްޞާއެއް ކަމަށާއި އެހެންކަމުން މުޅި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބި ސަރުކާރު ނުހިންގޭނެ ކަމަށް ބުނާ ބުނުމަކީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބުރަވެ ދައްކާވާހަކައެއް ނޫން ކަމަށެވެ. ސަރުކާރަށް އެއްބާރުލުން ދީ ދެމެހެއްޓުމުގައި ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެވެސް ޒިންމާ އެބައޮތް ކަމަށާއި ހުރިހާ ޕާޓީތަކުންވެސް މަސައްކަތް ކުރާނީ އެކަމަށް ކަމަށެވެ. 

ޤާސިމް އިބްރާހީމް މިރޭ ވެސް ވިދާޅުވީ އަބަދުވެސް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޤައުމާއި ރައްޔިތުންގެ މަންފާއަށް ކަމަށެވެ. އަދި 2008 ގައި އެމްޑީޕީއަށް ވެރިކަމަށް އާދެވުނީވެސް 50 އިންސައްތަ އެމަނިކުފާނުގެ ބައިވެރިވެވަޑައިގަތުން އޮވެގެން ކަމަށާއި އެހެންކަމުން އެ ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް މަންފާއެއްވެފައިވާނަމަ އެކަމުގައިވެސް އެމަނިކުފާނުގެ ހިއްޞާ އޮންނާނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ވެރިކަން ލިބުމާއި ހަމައަށް އެމަނިކުފާނާއި ވިލާގެ ވިޔަފާރިތައް ކަމުދިއަ ކަމަށާއި ނަމަވެސް މިހާރު އެމަނިކުފާނުވެސް އަދި ރާއްޖޭގެ އެހެން ވިޔަފާރިވެރިއަކުވެސް އަދި އެއްވެސް ކުންފުންޏެއްވެސް ކަމުނުދާ ކަމަށެވެ. ނަމަވެސް ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި އެންމެ ބޮޑު ޒިންމާއެއް ކޮންމެ ޤައުމެއްގައިވެސް، އަބަދުވެސް އަދާކުރަނީ އެ ޤައުމެއްގެ ޕްރައިވެޓް ސެކްޓަރުން ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް