އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ދެކެ ބިރުނުގަންނަ މީހާ އެންމެން ދެކެ ބިރުގަންނާނެ- ﷲ ދެކެ ބިރުގަންނަ މީހާ އެއްވެސް މީހަކު ދެކެ ބިރެއްނުގަންނާނެ!: މުފްތީ މެންކް

ﷲ ދެކެ ބިރުނުގަންނަ މީހާ އެންމެން ދެކެ ބިރުގަންނާނެ- ﷲ ދެކެ ބިރުގަންނަ މީހާ އެއްވެސް މީހަކު ދެކެ ބިރެއްނުގަންނާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ﷲ ތަޢާލާ ދެކެ ބިރުނުގަންނަ މީހާ އެންމެން ދެކެ ބިރުގަންނާނެ އެވެ. އެމީހާ އަބަދުވެސް ހުންނާނީ އެހެން މީހަކު އެމީހާއަށް ކަމެއްކޮށް ގެއްލުންދިފާނެ ކަމުގެ ބިރުގައެވެ. ގިނަ ފަހަރަށް ހުންނާނީ އެމީހަކަށް ގެއްލުމެއް ދީފާނެ ކަމަށް ފެންނަ މީހުންގެ އަޅަކަށްވެސް ވެގެންނެވެ. ސަލާމަތުން ހުރުމަށްޓަކައި ޖިޒީވެސް ދައްކާނެއެވެ.

ނަމަވެސް ﷲ ތަޢާލާ ދެކެ ބިރުގަންނަ މީހާ އެއްވެސް މީހަކު ދެކެ ބިރެއްނުގަންނާނެ އެވެ. އޭނާ ހުންނާނީ ﷲ ތަޢާލާއަށް ވަކީލުކޮށްގެންނެވެ. އޭނާއަށް ﷲ ތަޢާލާ އިން ފުދި އިތުރުވާނެއެވެ. އެހެން އެއްވެސް ފަރާތަކަށް ބިރުވެތިވެ ކަން ބޮޑުވެގެންނެއް ނުއުޅޭނެއެވެ. އަބަދުވެސް ބިރުން ހުންނާނީ ﷲ ތަޢާލާގެ ޙަޟަރަތުން އަތުވެދާނެ ކަމަކަށެވެ. މަރުވުމުން ދެން ވާނެ ގޮތަކަށެވެ.

ﷲ ތަޢާލާއަށް ބިރުވެތިވާ މީހާ ބިރުގަންނާނީ ނަމާދެއް ނުކުރެވިދާނެކަމަށެވެ. އަދާކުރަންޖެހޭ ފަރުޟެއް އަދާނުކުރެވިދާނެ ކަމަށެވެ. ﷲ ތަޢާލާ ނަހީ ކުރެއްވްވި ކަމެއް ކުރެވިދާނެ ކަމާއިމެދުގައެވެ. މިފަދައިން ހުންނަ މީހާ ބިރުގަންނަން ޖެހޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެއެވެ.

އެފަދަ މީހާ އަކީ ދުނިޔޭގައި ދިމާވެދާނެ އެއްވެސް ކަމަކަށް ބިރުގަންނާނެ މީހެއް ނޫނެވެ. އެފަދަ މީހުން އަބަދުވެސް ތިބޭނީ ހިތްހަމަ ޖެހިގެންނެވެ. އެމީހުން ތިބީ ހައްޤު ގޮތުގައި ކަމުގެ ޔަޤީންކަން އެމީހުންނަށް އޮންނާނެއެވެ. އަދި އެއްވެސް މީހަކަށް އެމީހާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމުގެ ޔަޤީންކަންވެސް އޮންނާނެއެވެ.

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ވައްކަން ކުރާ މީހާ އަބަދުވެސް ހުންނާނީ އެކަން އެހެން މީހަކަށް އެނގިދާނެ ކަމުގެ ބިރުގައެވެ. އެކަން އެނގިދާނެ ކަމަށް ޝައްކުކުރެވޭ މީހުންނަށް ރިޝްވަތު ދިނުމުގައެވެ. ހިލޭ އަންހެނުން ގެންގުޅޭ މީހާ އަބަދުވެސް ހުންނާނީ އެފަދަ ކަމެއް މީހަކަށް ފެނި އަނބިމީހާއަށް އަނގައިފާނެ ކަމުގެ ބިރުގައެވެ. މިފަދަ އެއްވެސް ކަމެއް ނުކުރާމީހާ އެއްވެސް މީހަކު ދެކެ ބިރެއް ނުގަންނާނެއެވެ!

ކަންބޮޑުނުވާށެވެ! އަވަހަށް ތައުބާވާށެވެ! ހުރިހާ ކަމެއް އެއިރުން ޙައްލުވީއެވެ. ﷲ ތަޢާލާގެ މަގަށް އަވަހަށް ރުޖޫޢަވާށެވެ! އެއިރުން އެއްވެސް މީހަކު ދެކެ ބިރުގަންނާކަށް ނުޖެހޭނެއެވެ. އަދި ދެ ދުނިޔެވެސް ޙާޞިލުވީއެވެ.

--މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް