އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިލާވަތު މަންސޫޚު ވެފައި ޙުކުމް ދެމި އޮތުމުގެ ޙިކްމަތް

ތިލާވަތު މަންސޫޚު ވެފައި ޙުކުމް ދެމި އޮތުމުގެ ޙިކްމަތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أما بعد:

މުޙްޞަން އަކު ޒިނޭކޮށްފިނަމަ، އޭނާގެ އަދަބަކީ ރަޖަމްކަން ދޭހަވާ އާޔަތް ގުރްއާނުގައި ބާވާލެއްވިކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ސުންނަތުން ޘާބިތުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެއާޔަތް ކިޔެވުނެވެ. ނަމަވެސް، ﷲ ވަނީ އެއާޔަތުގެ ލަފްޡު މަންސޫޚު ކުރައްވާ ޙުކުމް ދެމިއޮންނަގޮތަށް ލައްވާފައެވެ.

ކިޔެވުން މަންސޫޚުވެފައި ޙުކުމް ދެމިއޮތުމުގެ ޙިކްމަތަކީ އިމްތިޙާނު ކުރެއްވުމެވެ. ﷲ ގެ އަމުރުފުޅު އައުމުން އެއަށް ކިޔަމަންގަތުމުގައި އަވަސްވެގަތުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. އިބްރާހީމް ޢަލައހިއްސަލާމް އަށް ހުވަފެންފުޅުގައި ދަރިކަލުން ޛަބަޙަ ކުރައްވާތަން ފެނިވަޑައިގަތުމާއި އެކު، ވަގުތުން އެއަމުރުފުޅު ތަންފީޛު ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެއީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ފުރިހަމަ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު