އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާއަށްޓަކައި ކެތްތެރިވި އަނަހެނެއްގެ ދުޢާ އިޖާބަކުރައްވަވައި ވަގުތުން ޑޮކްޓަރަކާއި ތަނަވަސްކަން ފޮނުއްވެވި ގޮތުގެ ވާހަކަ!

ފިރިމީހާއަށްޓަކައި ކެތްތެރިވި އަނަހެނެއްގެ ދުޢާ އިޖާބަކުރައްވަވައި ވަގުތުން ޑޮކްޓަރަކާއި ތަނަވަސްކަން ފޮނުއްވެވި ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

އެ ދެމަފިރިންނަކީ ވަރަށް ފަޤީރު ދެމަފިރިންނެވެ. ނަމަވެސް ސަލާން ނުޖަހައި ފިރިމީހާއަށް ލިބޭ އާމްދަނީން އުޅެލެވޭވަރުވެއެވެ. އެހާލުގައި އުޅުމުގެ ތެރޭގައި ދަރިއަކުވެސް ލިބިއްޖެއެވެ. ދަރިފުޅު ނުހަނު ކުޑައިރު ފިރިމީހާއަށް ޖެހުނީ ރަށް ދޫކޮށް ދުރު ރަށަކަށް މަސައްކަތުދާށެވެ. އެކަމުން ވަޒީފާގެ ކުރިއެރުމެއްވެސް ލިބޭނެތީ އަނބިމީހާ ޤަޞްދުކުރީ ފިރިމީހާއަށްޓަކައި ކެތްތެރިވާށެވެ. 

އެކަނި ނުއުޅެވޭނެތީ އަނބިމީހާ ބަދަލުވީ އޭނާގެ މައިންބަފައިންގެ ގާތަށެވެ. އެމީހުންނަކީވެސް ހަމަ އެހައި ފަޤީރު ބައެކެވެ. ކޮންމެއަކަސް އެގެއަށް ބަދަލުވިތަނާ ދާދިގާތުގައި އެއްރޭ ދަރިފުޅު ވަރަށް ގަދައަށް ހުން އަތުވެއްޖެއެވެ. ކަޅި ހުއްޓެމުން ދިއައިރުވެސް ޑޮކްޓަރަށް ގެންދެވޭނެ ގޮތެއް ނެތެވެ. އަތުގައި އެންމެ ރުފިޔާއެއްވެސް ނެތުމުންނެވެ. 

އެހާލަތުގައި ރޭގަނޑޫގެ މެންދަމުން ފަސްވެއްޖެއެވެ. ދަރިފުޅުގެ ހުން ގަދަކަމުން ހީވަނީ ފިހިދާނެހެންނެވެ. މައިމީހާއަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ނިތްކުރީގައި ފެންފޮތިލުމާއި ﷲ ތަޢާލާއަށް ދުޢާ ކުރުމެވެ. 

ދެރަކްޢަތް ނަމާދެއް ކޮށް ﷲ ތަޢާލާއަށް ދުޢާ ކުރުމަށްފަހު ފެންފޮތިލައި ފިރުމަން އިންދާ މީހަކު އައިސް ދޮރުގައި ޓަކި ޖެހުމުން ބައްޕައަށްވެސް ގޮވައި ހިޖާބަ އަޅައިގެން ގޮސް ދޮރު ހުޅުވިއިރު ޑޮކްޓަރެކެވެ. މާގިނަ ސުވާލުތަކެއް ނުކޮށް ބަލި ދަރިފުޅު ކޮބައިތޯ ސުވާލުކުރުމުން ދަރިފުޅު ދެއްކުމުން ބެލުމަށްފަހު ބޭސް ސިޓީއެއް ލިޔެދިނެވެ. އަދި ބޭސް ނަގައިގެން ބޭނުންކުރުމުން ރަނގަޅުވާނެ ކަމަށްވެސް ބުންޏެވެ. 

ޑޮކްޓަރަށް ޝުކުރު އަދާކުރުމުން ވެސް ނުގޮސް ބޭރުގައި މަޑުކުރީއެވެ. އިރުކޮޅަކު މަޑުކޮށްގެން ހުރުމަށްފަހު ޑޮކްޓަރު އެދުނީ ފީ ދިނުމަށެވެ. އޭނާ ވަރަށް ދެރަވެފައި ކޮން ފީއެއްތޯ ސުވާލުކުރުމުން ބުނީ ދަރިފުޅު ބެލި ފީ ކަމަށެވެ. "މިހައި ދަންވަރު ފޯނުކޮށްގެން ޑޮކްޓަރުން ގެންނައިރު ފީ ދޭންޖެހޭނެކަން ނުއެނގޭތޯ؟" ސުވާލުކުރުމުން އޭނާ ބުނީ އެގޭގައި ފޯނެއްވެސް ނުއޮންނަ ކަމަށާއި ފޯނު ނުވެސް ކުރާ ކަމަށެވެ. "މިގެއަކު ފޯނެއް ނުވެސް އޮވޭ. ދެން ކިހިނެއްތޯ ފޯނުކުރާނީ؟ އަޅުގަނޑުމެންނަކީ ވަރަށް ފަޤީރު ބައެއް. ފިރިމީހާވެސް ވީ ވަރަށް ދުރު ރަށަކަށް މަސައްކަތު ގޮސް. ލާރިއެއް ލިބޭނީ ވެސް އޭނާ އައި ދުވަހަކުން. އަތުގައި އެންމެ ރުފިޔާއެއްވެސް ނެތް. ބޭސް ނެގޭނެ ގޮތެއްވެސް ނެތް. އަޅުގަނޑު ކުރި ހަމައެކަނި ކަމަކީ ﷲ ތަޢާލާއަށް ދުޢާކުރުން." 

އެހިސާބުން ޑޮކްޓަރު ކަރުދާސްކޮޅެއް ބަލައިލުމަށްފަހު މިވެނި މީހަކު ދަންނަމުތޯ ސުވާލުކުރިއެވެ. ޖަވާބުގައި ޖެހިގެންހުރި ގޭގައި އުޅެނީ އެމީހާކަމަށް ބުނުމުން ޑޮކްޓަރު ދިއައީ އެގެއަށް ވަދެފައި އެނބުރި އަންނާނެ ކަމަށް ބުނެފައެވެ. 

ޑޮކްޓަރު އެނބުރި އައިސް ޢާއިލާގެ ޙާލަތު އިތުރަށް އޮޅުންފިލުވުމަށްފަހު އޭނާއަށް ފައިސާ ދިނެވެ. އަދި އެފައިސާއިން ބޭސް ނެގުމަށާއި ފިރިމީހާ އަންނަންދެން ކޮންމެ މަހަކުވެސް އެހީވާނެ ކަމަށް ބުންޏެވެ. ޑޮކްޓަރު އޭނާގެ ވައުދު ފުއްދުން ހުއްޓައިލީ ފިރިމީހާ އެނބުރި އައިސް ދެމަފިރިން އެކުގައި ގޮސް ޑޮކްޓަރާއި ބައްދަލުކޮށް ޝުކުރު އަދާކުރުމުންނެވެ. 

ވިސްނާށެވެ! މިހިރީ ކަންކަން ހިނގާފައިހުރި ގޮތެވެ. ހިނގާފައި ހުރި ކަންކަމެވެ. އޭނާގެ ދަރިފުޅުގެ ހާލުބޮޑުވުމުން ދެރަކްޢަތް ނަމާދެއްކޮށް ދެ އަތް އުފުލައި އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ކުރި ދުޢާ، ޑޮކްޓަރަށް ކުރެވުނު ފޯނުކޯލަކަށް ބަދަލުކޮށްދެއްވެވީ ކަމަށް ޤަބޫލުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ޑޮކްޓަރުގެ ހިތަށް އޯގާތެރިކަމާއި ދީލަތިވުން ވެސް ވެއްދެވީ ކަމަށް ޤަބޫލުނުކުރަވީ ކީއްވެގެން ހެއްޔެވެ؟ ހުރިހާވެސް މައްސަލައަކީ އެ ސާބިތުކަން މިއަދު މީސްތަކުންގެ ކިބައި ނެތުމެވެ. އެ އިޚްލާޞްތެރިކަމާ ވަފާތެރިކަން ނެތުމެވެ.

ޝައިޚް މަޖީދު މަޙްމޫދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް