އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ މެންބަރުން އަބަދުވެސް ގަންނަނީ ވެރިކަންކުރާ ޕާޓީން!: ޤާސިމް އިބްރާހީމް

މަޖިލީހުގެ މެންބަރުން އަބަދުވެސް ގަންނަނީ ވެރިކަންކުރާ ޕާޓީން!: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

މަޖިލީހުގެ މެންބަރުން އަބަދުވެސް ގަންނަނީ ވެރިކަންކުރާ ޕާޓީން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ބައެއް ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގަތުމަށް މިރޭ ޖޭޕީގެ މައިމަރުކަޒު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނީ 26 ގޮނޑި ކަމަށާއި 3 އަހަރުފަހުން ވެރިކަން ނިމުނުއިރު 37 މެންބަރުން ތިބި ކަމަށެވެ. "އެއްވެސް އިތުރު އިންތިޚާބެއް ބޭއްވުމެއް ނެތި މެންބަރުން އިތުރުވީ މަތިން ފައިބައިގެންތޯ؟ ކިހިނެއްތޯ އިތުރުވީ؟" 

ޤާސިމް އިބްރާހީމް ވިދާޅުވީ 2014 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ 15 މެނަބަރަކު ގޮނޑި ކާމިޔާބު ކުރި ކަމަށާއި މިނިވަން މެންބަރަކާއިއެކު 16 މެންބަރުން ތިބި ކަމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ޖޭޕީގެ ތިބީ 7 މެންބަރުން ކަމަށެވެ. "ޖޭޕީގެ މެންބަރުންތައް ކޮންތަނަކަށްތޯ ވަނީ؟ ބިން ފަޅާލާފައި އަޑިއަށްތޯ ދިއައީ؟" 

ޤާސިމް އިބްރާހީމް ވިދާޅުވީ މިހަޤީޤަތްތައް މިގޮތަށް ފެންނަން ހުރިއިރު މެންބަރުން ވިކެނީ ކަމަށާއި ގަންނަނީ ކަމަށް ބުނެ ކިތަންމެ ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް ކަންކަން ވަމުން އަންނަގޮތް ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށެވެ. އަދި ދައްކާހައި ވާހަކަތަކެއް ރައްޔިތުންވެސް ޤަބޫލު ނުކުރާނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއިއެކު މާޒީގައި ފެނިފައިވަނީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބެލުމެއްނެތި ކުރަން ބޭނުންހައި ކަންކަން ކުރަމުން ގެންދާތަން ކަމަށެވެ. އިހަށް ދުވަހު ވެރިކަން ބަދަލުވުމާއި ހަމައަށް މިކަންކަން ހިނގަމުން އައިގޮތް މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައި ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ މާޒީން ލިބިފައިވާ ތަޖުރިބާގެ ބޭނުން ނުހިފައިފިނަމަ ދެން ވެއްޓިގެންދާނީ އެއަށްވުރެ މާބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުން ވިސްނާނެ ކަންކަން ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށާއި ފަނޑިޔާރުގެތަކަށާއި ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ފާޑުފާޑުގެ ވާހަތައް ދައްކާއިރު މިހައިތަނަށް ކޮރަޕްޝަނުގެ އެންމެ ގިނަ އަމަލުތައް ހިންގާފައިވަނީ ވެރިކަން ކުރި ސަރުކާރުތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް ތުހުމަތުތައް އަޅުވަމުން ގެންދަނީ އެހެންފަރާތަކުގައި ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރުގެ ތެރެއިން ކަންކަން ކުރަން ދަސްކޮށްދިނީމައި ދެން ތިބި މީހުން ވެސް އެކަންކަން ކުރާނެ ކަމަށެވެ. އެ ހާލަތުން ޤައުމު ސަލާމަތްކުރަން މަސައްކަތްކުރުމަކީ ހުރިހާ ރައްޔިތުންގެ ޒިންމާއަކަށްވެފައިވާ ކަމަށެވެ. 

ރައްޔިތުންނަށް އޮޅުވާލައި ދޮގު ވާހަކަތައް ދައްކައި ފިތުނަ އުފެއްދުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ފާފައެއް ނަމަވެސް އެއީ ފާފައެއް ކަމަށް ޤަބޫލުކުރެވޭނީ ވެސް ﷲ ތަޢަލާ ޤަބޫލުކުރާ ބައަކަށް ކަމަށްވެސް  ޤާސިމް އިބްރާހީމް ވިދާޅުއެވެ.

ޤާސިމް އިބްރާހީމްގެ ވާހަކަފުޅު:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް