އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަރުތު ހަމަނުވާ ފަރާތްތަކުން ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފި

ޝަރުތު ހަމަނުވާ ފަރާތްތަކުން ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ރަޖިސްޓަރީކުރުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ހަމަނުވާ ފަރާތްތަކުން މީރާގެ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވިޔަފާރިނުކުރާ ފަރާތްތަކާ، އެފަރާތަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން، ނުވަތަ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުން ލާޒިމުނުވާ ގިނަ ފަރާތްތަކެއް ހިމެނޭކަމަށާއި މި ފަރާތްތަކުން ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ޖެހުމުގެ ސަބަބުން އެކި އެކި ދަތިތައް ކުރިމަތިވަމުން ދާކަމުގެ ޝަކުވާ ލިބެމުންދާކަން މީރާއިން ވަނީ ބުނެފައެވެ.

 

މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރިކަމުގައިވިއަސް، ޓެކްސްގެ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރާނަމަ، ޤާނޫނުގެ ދަށުން އެފަރާތް ޖޫރިމަނާ ވަމުންދާނެތީ، ވިޔަފާރިނުކުރާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމަކީ މުހިއްމު ކަމެއްކަމަށްވެސް މީރާއިން މީރާއިން ވަނީ ބުނެފައެވެ.

 ޓެކުހުގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރުމަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުން، ރަޖިސްޓަރީން އުނިކުރުމަށް އެދި MIRA106 ފޯމު މެދިވެރިކޮށް އެ އޮތޯރިޓީއަށް ހުށަހެޅުމަށް މިއަދު އެ އޮތޯރިޓީން ނެރެފައިވާ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު