އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑު މަޖިލީހަށް މިވަންނަނީ ހުރިހާ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރެވޭނެ ޤާނޫނުތައް ހަދަން: ކާނަލް ނާޒިމް

އަޅުގަނޑު މަޖިލީހަށް މިވަންނަނީ ހުރިހާ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރެވޭނެ ޤާނޫނުތައް ހަދަން: ކާނަލް ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތުމުގެ ބޭނުންފުޅަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭ ޙައްޤުތައް ލިބިދޭނެ ޤާނޫނުތައް ހެއްދެވުމަށާއި ރާއްޖޭގެ، ޚާއްޞަކޮށް ދަނގެތި ދާއިރާގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރައްވައި ތަރައްޤީ އާއި ކުރިއެރުން ހޯއްދަވައި ދެއްވުމަށް ކަމަށް ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމްގެ ކެންޕޭނު ރަސްމީ ކޮށް ފެށުމަށާއި ޖަގަހަ ހުޅުވުމަށް މިރޭ މާވެޔޮމަގުގައި ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އެމަނިކުފާނު ވާނީ ވަރަށް އިޚްލާޞްތެރިކަމާއިއެކު 25 އަހަރު ދުވަހު ޤައުމަށް ޚިދުމަތް ކުރައްވާފައި ކަމަށެވެ. އަދި އެމުއްދަތުގައި ރާއްޖެއަށް ކުރިމަތިވި ބޮޑެތި ގިނަ  މައްސަލަތަކާއި ނުރައްކައުތެރި ހާލަތުން ޤައުމު ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ވާނީ އިސް ދައުރެއް އަދާކުރައްވާފައި ކަމަށެވެ. 

ނާޒިމް ވިދާޅުވީ ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި 3 އަހަރާއި 9 މަސް ދުވަހު ކުރައްވަން ޖެހިވަޑައިގެންނެވި ހިތި ތަޖުރިބާއަކީވެސް މަޖިލީހަށް ވަދެވަޑައިގަތުމަށް ޝައުޤުވެރިކުރުވި އެއް ސަބަބުކަމަށެވެ. "އަޅުގަނޑާ ބައްދަލުކުރަން ދަރިން ޖަލަށް ދިއުމުން ކުރީ ބޮޑެތި ގޯނާ. އަނބިމީހާ އަޅުގަނޑާ ހަމައަށް ގެންގޮސްދެނީ، ނޫނީ އަޅުގަނޑާ ބައްދަލުކުރުވަނީ ބަރަހަނާ ކުރުވައި އުޑަފައިން ބެއިންދުވުމަށްފަހު. މިއީ ހަމަ އެއްވެސް ރައްޔިތަކު އެމީހާގެ އަނބިމީހާއަށް ލިބެން އެދޭނެ އަނިޔާއެއް ނޫން. މިކަންކަން މިހެން ނުކުރެވޭނެ ގޮތަށް ޤާނޫނުތައް ފާސްކުރަން އަޅުގަނޑު މަޖިލީހަށް މިދަނީ." 

ނާޒިމް ވިދާޅުވީ އެއްވެސް އެއްޗެއް އަތުގައި ނެތް މީހުން މަޖިލީހަށް ވަނުމުން ކުރިމަތިވާނީ މިހާރުވެސް ކުރިމަތިވާ މައްސަލަތައް ކަމަށާއި މަޖިލީހަށް ވަންނަން ޖެހޭނީ އަމިއްލައަށް ކައި ބޮއި ބޭނުންތައް ފުއްދައިގެން އުޅެވޭ ފެނަވަރުގެ މީހުން ކަމަށެވެ.  

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ޖަގަހަ ރަސްމީކޮށް މިރޭ ހުޅުވުނު ނަމަވެސް މީގެ ދޮޅުމަހެއްހައި ދުވަސް ކުރިންސުރެ ދާއިރާގެ މީހުންނާއި ބައްދަލުކުރައްވައި މައުލޫމާތު އެއްކުރައްވަން ފަށްޓަވާފައިވާ ކަމަށެވެ. އެހެންކަމުން ދާއިރާ އާއިބެހޭ ވަރަށް ގިނަ މައުލޫމާތު މިހާރުވެސް ވާނީ އެއްކުރައްވާފައި ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގަންނަވާނީ ދާއިރާ ތަރައްޤީ ކުރައްވާނެ އަދި ދާއިރާގެ ހުރިހާ ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދެއްވާނެ މެންބަރަކަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް