އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރީގެ ނައިބު ރައީސް އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ނައިބު ރައީސް އަދީބު އަނބުރާ ޖަލަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ފަރުވާއަށްފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ މާފުށީ ޖަލަށް ބަދަލު ކޮށްފިއެވެ.

 

ގޭބަންދުގައި ކުރިން ބެހެއްޓުމަށްފަހު ބަލިހާލު ގޮސްވެގެން އައިޖީއެމްއެޗް އަށް މީގެ ދެ ހަފްތާވަރު ކުރިން ގެނައުމަށްފަހު، މިއަދު އަނެއްކާވެސް އޭނާވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

 

ފުލުހުން ބުނެފައިވަނީ އަދީބު ޖަލަށް ބަދަލު ކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފުލުހުންގެ އެއްބާރުލުން ދެމުންދާ ކަމަށެވެ.

 

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލު ކުރުމުގެ މައްސަލައިގައި އޭނާ ނިސްބަތްވާ އެމްޓީޑީ އިން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ