އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއިން ހަނދުގައި އިންދި ގަސްތައް ފިނި ގަދަވުމުގެ ސަބަބުން މަރުވެއްޖެ

ޗައިނާއިން ހަނދުގައި އިންދި ގަސްތައް ފިނި ގަދަވުމުގެ ސަބަބުން މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ދާދި ފަހުން ޗައިނާއިން ހަނދުގައި އިންދި އަލުވި ގަސްތައް، ފިނި ގަދަވުމާއި އަނދިރިކަން ގަދަވުމުގެ ސަބަބުން މަރުވެއްޖެއެވެ. 

ކަފައިގައި އިންދި މިގަހަކީ ހަނދުގައި ހެއްދުނު ފުރަތަމަ ގަހެވެ. ނަމަވެސް މާބޮޑަށް ފިނިގަދަވުމުގެ ސަބަބުންނާއި އަނދިރިކަން ގަދަވުމުގެ ސަބަބުން، މިއަލުވި ގަސް ވަނީ މީގެ ދެ ދުވަސް ކުރިން މަރުވެފައެވެ. 

ގަސްތައް ކަރުވެއްޖެ ކަމަށް ޗައިނާގެ ނޫސްއޭޖެންސީ އަކުން ރިޕޯޓު ކޮށްފައި މިވަނީ، އެގަސްތައް ހެއްދިއްޖެކަމުގެ އުފާވެރި ޚަބަރު އިއިލާނު ކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.  

ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނދުގައި އިންދި ގަސްތައް މަރުވެފައިވީ ރޭގަނޑުގެ ވަގުތުގައި ހަނދުގެ ފިނިހޫނުމިން މައިނަސް 50 ޑިގްރީސް ސެޕްސިއަސް އަށް ދިޔުމާއި ގުޅިގެން، ހީޓަރެއް ވެސް ނެތުމުންނެވެ.  

ޗައިނާއިން އިންދި އަލުވި ގަސްތައް މަރުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، ސައިންވެރިން ބުނެފައިވަނީ މިކަމަކީ އިންސާނުން ޖައްވަށް ފޮނުވުމަށްޓަކައި ކުރެވޭ އެކްސްޕެރިމެންޓު ތަކެއްގެ ފެށުން ކަމުގައެވެ.  

ގަސްތައް މަރުވި ކަމުގައި ވިޔަސް، ޗައިނާއިން ހަނދުގައި މިލިޓަރީ ބޭސް އެއް އެޅުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ