އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ރައްޔިތުންގެ ގޮތުގަ އެހެން ދީންތަކުގެ މީހުން ބޭތިއްބުމެއް ނެތްކަން ޙަދީޘުން ސާބިތު: ޝައިޚް ޖަޢްފަރު ފާއިޒް

ރާއްޖޭގެ ރައްޔިތުންގެ ގޮތުގަ އެހެން ދީންތަކުގެ މީހުން ބޭތިއްބުމެއް ނެތްކަން ޙަދީޘުން ސާބިތު: ޝައިޚް ޖަޢްފަރު ފާއިޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތުންގެ ގޮތުގައި އެހެން ދީންތަކުގެ މީހުން ބޭތިއްބުމެއް ނެތްކަން ޙަދީޘުން ސާބިތުވާ ކަމަށް  ޝައިޚް ޖަޢްފަރު ފާއިޒް ވިދާޅުވެއްޖެއެވެ.  

ޝައީޚް ޖައުފަރު ވިދާޅުވީ މުޝްރިކުން ޢަރަބިކަރައިން ނެރެން ރަސޫލް (ޞޢވ) ކުރެއްވެވި ޙަދީޘް ޞަޙީހް ބުޚާރީ އާއި މުސްލިމްގައި ބަޔާން ކުރައްވަވާފައިވާ ކަމަށެވެ. އެހެންކަމުން އެ ޙަދީޘްގެ ޞައްޙަ ކަމާއިމެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށެވެ. މީގެ އިތުރުން ރަސޫލް (ޞޢވ) އެންމެފަހުން ދެއްކެވި ވާހަކަފަފުޅުތަކުގެ ތެރޭގައި ޔަހޫދީން ޙިޖާޒްކަރައިން ނެރުމުގެ ވާހަކަ ހިމެނޭކަން ވެސް ޙަދީޘުން ސާބިތުވާ ކަމަށެވެ. ހަމައެއާއިއެކު ނަޖްރާންގެ މީހުން ހިޖާޒް ކަރައިން ނެރުމަށް ރަސޫލް (ޞޢވ) ބަޔާން ކުރައްވަވާފައިވާ ކަމަށެވެ.  

ޝައިޚް ޖަޢްފަރު ފާއިޒް ވިދާޅުވީ މި ޙަދީޘްތަކުން އެނގިގެންދަނީ ސައްތައިން ސައްތަ މުސްލިމް އެއްވެސް ދައުލަތެއްގައި އެ ދައުލަތެއްގެ ނުވަތަ އެ ޤައުމެއްގެ ރައްޔިތުންގެ ގޮތުގައި އެހެން ދީނެއްގެ ބައަކަށް ނުތިބެވޭނެކަމާއި ސައްތައިން ސައްތަ މުސްލިމް އެއްވެސް ޤައުމެއްގައި 2، 3 ދީނަށް ފުރުޞަތު ދީގެން ނުވާނެކަން ކަމަށެވެ. އަދި އެފަދަ ކަމެއް ބައަކު ނުވަތަ ޤައުމަކުން ހުއްދަކުރި ނަމަވެސް އެއީ އިސްލާމީ ޝަރީޢަތާއިއެއްގޮތަށް ކުރާ، އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަކަށް ނުވާނެ ކަމަށެވެ.  

ޝައިޚް ޖަޢްފަރު ފާއިޒް ވިދާޅުވީ ފާއިތުވި 900 އަހަރު ދިވެހި ދައުލަތުން ވަނީ ވަރަށް ފުރިހަމައަށް މިޙަދީޘްފުޅަށް ޢަމަލުކޮށްފައިކަމަށެވެ. އަދި ރައްޔިތުން ވަނީ މިއަދާއި ހަމައަށް ވެސް އެކަމަށް ވަރަށް ބޮޑަށް ލޯބިކޮށްފައި ކަމަށެވެ. 

ޝައިޚް ޖަޢްފަރު ފާއިޒްގެ ވާހަކަފުޅު (ވީޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް