އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޚްލާޞްތެރިކަމާއިއެކު 3 ވަނަ ފަހަރަށް މާފަށް އެދުމުން މަލާއިކަތުން ހެކިކުރައްވަވައި އެމީހާގެ ހުރިހާ ކުށަކަށް މަޢާފް ކުރައްވަވާނެ!: މުފްތީ މެންކް

އިޚްލާޞްތެރިކަމާއިއެކު 3 ވަނަ ފަހަރަށް މާފަށް އެދުމުން މަލާއިކަތުން ހެކިކުރައްވަވައި އެމީހާގެ ހުރިހާ ކުށަކަށް މަޢާފް ކުރައްވަވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

ކޮންމެ މީހަކަށްވެސް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ އެމީހަކާއި ﷲ ތަޢާލާ އާއި ކުއްތަން ވެވޭވަރު އެނގުމުންނެވެ. އެހެންކަމުން އެކަނަ ބަލާނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ އެމީހަކަށް ކުރެވޭ ފާފަތަކާއި ތައުބާ ވެވޭ މިންވަރު އަމިއްލައަށް ވަޒަން ކޮށްލުމަށެވެ. 

އެނގޭ ހެއްޔެވެ؟ އަހަރެމެންގެ އަމިއްލަ ދަރިއަކު ނަމަވެސް 3 ފަހަރު ކުށެއް ކޮށްފިނަމަ އެދަރިއަކު ދެކެ ފޫހިވެވެއެވެ. ނަމަވެސް ﷲ ތަޢާލާ އެކަމުގައި ބައްލަވައި ވޮޑިގެންވަނީ އެފަދައަކުން ނޫނެވެ. 3 ވަނަ ފަހަރަށް މީހަކަށް ކުށެއް ކުރެވިގެން ތައުބާ ވެއްޖެ ނަމަ މަލާއިކަތުންނަށް ވަޙީ ކުރައްވަވާނެތެވެ! "ނިކަން ދެކިބަލާށެވެ! ތިމަން ﷲ ގެ މިވެނި އަޅަކު ކުށެއްކޮށް ކޮންމެ ފަހަރަކު ތިމަން ﷲގެ ކިބައިން މަޢާފަށް އެބަ އެދެއެވެ. އަދި ކުށަށް މަޢާފް ކޮށްދެއްވެވޭނެ ފަރާތަކީ ހަމައެކަނި ތިމަން ﷲ ކަމަށް އެނާ އެބަ އިޤްރާރުވެއެވެ. ތިމަން ﷲ ބޭނުންފުޅުވެވޮޑިގަންނަވަނީ ތިމަން ﷲ ގެ އެ އަޅާގެ ހުރިހާ ކުށަކަށް ތިމަން ﷲ މަޢާފް ކުރައްވަވައިފި ކަމަށް ތިއަ ހުރިހާ މަލާއިކަތުން ހެކިވާށެވެ." 

އަދި މިވަރުން ފުއްދަވައި ލެއްވެވީއެއް ނޫނެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ހަމައެކަނި ތިމަން ﷲ އަށް އަޅުކަން ކުރާ އަދި ތިމަން ﷲ ގެ ތާޢާލާގެ ޙަޟްރަތުން ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭމީހާގެ ފާތައް މިދުނިޔެ ފުރޭ ވަރަށް ހުރިނަމަވެސް އެމީހަކު އެދި ދެންނެވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ. އެހެންކަމުން އަހަރެމެންނަށް ކުރަން މިޖެހެނީ ދެ ކަމެކެވެ. އެއީ ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމާއި އިޚްލާޞްތެރިކަމާއިއެކު ފާފަތައް ފުއްސަވައި ދެއްވުން އެދި ދުޢާ ކުރުމެވެ. 

ދުނިޔޭގައި އުޅޭއިރު އަޅުކަން ކުރަންވީ ކިހައި މިންވަރަކަށް ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. މިސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ އަހަރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އަޅުކަން ކުރަން ކަމަށްވާއިރު އަޅުކަން ކުރަން ޖެހޭނީ މިވެނި މިނަކަށް ކަމުގައި ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނުވަތަ ކޮންމެ ދުވަހަކު މިވެނި އަޅުކަންތައްތައް ކުރުމުން ފުދުނީ ކަމަށްވެސް ބުނެވޭކަށް ނެތެވެ.

ފަރުޟުތައް އަދާ ކުރެވިއްޖެނަމަ ފަރުޟުތައް ފުރިހަމަކުރެވުނީ ކަމަށް ބުނެވިދާނެވެ. ނަމަވެސް ސުވާލެއް އެބައޮތެވެ! ތިބާ މިއަދު ކުރި 5 ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން އެނގެނީ ކިހިނަކުންހެއްޔެވެ؟ ނުވަތަ އެންމެ ނަމާދެއް ޤަބޫލުފުޅު ކުރެއްވެވިކަން އެނގޭ ހެއްޔެވެ؟ އެހެން ކަމަށްވާއިރު ސުންނަތް ނަމާދުތައް ކޮށް ފޫބައްދަން މަސައްކަތް ނުކޮށް ފަރުޖެއްސޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންކަމަށްވާއިރު އަޅުކަން ކުރަންވީ މިވެނި ވަރަކަށް ކަމުގައި ބެނެވޭނީ ކިހިނަކުން ހެއްޔެވެ؟ މިވެނި ކަންކަން ކުރުމުން ފުދޭނެ ކަމަށް ބެލެވޭނީ ކިހިނހަކުން ހެއްޔެވެ؟ 

މިސުވާލަށް ދެވެން އޮތް އެންމެ ރަނގަޅު ޖަވާބެއް ކަމަށް ބެލެވެނީ އަޅުކަން ކުރަންވީ ތިބާ އާއި ﷲ ތައާލާ އާއި ބައްދަލުވާހިނދު ތިބާއަށް ހިތްހަމަޖެހުން ލިބޭނެކަން ޔަޤީން ކުރެވޭ މިންވަރަށް ކަމަށެވެ. މާނައަކީ ވީހައި ގިނައިން ކަމެވެ. އަދި އަހަރެމެން ﷲ ތަޢާލާ އެންގެވި ގޮތަށް އުޅެން މަސައްކަތް ކުރިކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައި އެކަމަށްޓަކައި އުފާފުޅު ކުރައްވަވާނެ މިންވަރަށް ކަމަށެވެ. މާނައަކީވެސް ހަމަ އެމީހަކަށް ވީހައި ގިނަ އަޅުކަން ކުރަން މަސައްކަތް ކުރަންވީ ކަމެވެ. 

އަބަދުވެސް ބުނާ ބުނުން މިއަދުވެސް ހަނދާންކޮށްލައިދޭނަމެވެ. އަޅުކަން ކުރުމަކީ ހަމަ އެކަނި ދީނުގެ ފަރުޟުތައް އަދާ ކުރުމެއް ނޫނެވެ. ތިމާ ކުރަންޖެހޭ އަދި ކުރާ ކޮންމެ ކަމެއް ރަނގަޅު ގޮތުގައި އިޚްލާޞްތެރިކަމާއިއެކު ކުރުމަކީވެސް ހަމަ އަޅުކަމެވެ. ވީމާ ފަރުޟުތައް އަދާކުރުމާއިއެކު ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢަލާ އަންގަވާފައިވާ ފަދައިން އިޚްލާޞްތެރިކަމާއިއެކު ކުރުންމަތީގައި ދެމިތިބުމަށް މިއަދުވެސް ވަޞިއްޔަތް ކުރަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް