އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު މައްސަލަ ފުލުހުން އަލުން ބަލަން ނިންމައިފި

ކާނަލް ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު މައްސަލަ ފުލުހުން އަލުން ބަލަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ދިރިއުޅުއްވި  ގެ މ. އެނިފް އިން ހަތިޔާރު (ފިސްތޯލައަކާއި 3 ވަޒަން) ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފި އެވެ. 

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މައްސަލަ އަލުން ބަލަން ނިންމީ މައްސަލަ އަލުން ބަލައިދިނުމަށް ނާޒިމް ހުށަހަޅުއްވާފައިވާތީ ކަމަށެވެ.  

މައްސަލައިގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވައި 3 އަހަރާއި 9 މަސް ދުވަހު ޖަލު ބަންދުގައި ގެންގުޅެފައިވާއިރު ޝަރީޢަތް ނިންމައި ޙުކުމް ކުރީ ފުލުހުން ކުރިއަށް ގެންދިއަ ތަޙްޤީޤް ނުވެސް ނިންމަނީހެވެ. އަދި ތަޙްޤީޤައި ފިސްތޯލައިން 3 މީހެއްގެ ޑީއެންއޭ ފެނިފައިވާއިރު އެކަކީ އަހަމަދު އަދީބުކަން ފުލުހުން ހާމަކޮށްފައިވީނަމަވެސް އަނެއް 2 ޑީއެންއޭ ދިމާވަނީ ކޮން ބައަކާއިކަން އަދިވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

"ރިޓޔަޑް ކާނަލް ނާޒިމް ދިރިއުޅުއްވާ މއ. އެނިފް އިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލައި ދިނުމަށް އަލުން ބަލައި ދިނުމަށް އެދި ނާޒިމް ހުށަހެޅުއްވުމާއި ގުޅިގެން އެ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާތައް ނިމުނު ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެ މައްސަލަ އަލުން ތަޙްޤީޤް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމައިފި."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް