އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ވިލާ ކޮލެޖުގެ ސްކޮލާޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެކޮލެޖުން މައުލޫމާތު ދީފައިވާ ގޮތުގައި އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސްކޮލާޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވިލާ ކޮލެޖުން ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖު އޯޕަން ސްކޮލާޝިޕް އާއި ވިލާ ކޮލެޖު/ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ސްކޮލާޝިޕާއި ވިލާ ކޮލެޖް އެލަމްނައި ސްކޮލަޝިޕް އަދި ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލާޝިޕް އެވެ.

މީގެއިތުރުން ވިލާ ކޮލެޖު/ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ސްކޮލާޝިޕްގެ ދަށުން ވިލާ ހައިސްކޫލުން އޭލެވެލް ހަދާ ކުދިންގެ ތެރެއިން ދެ ދަރިވަރަކަށް ވިލާ ކޮލެޖުގައި ޑިގްރީއަށް ކިޔެވޭނެ ކަމަށް އެކޮލެޖުން ބުނެފައިވެއެވެ. ނަމަވެސް މިސްކޮލާޝިޕަށް ކުރިމަތިލެވެނީ ވިލާ ހައިސްކޫލުން އޭ ލެވެލް ނިންމިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ނުވާ ދަރިވަރުންނަށް އެކަނި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު