އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލްމާން ޚާންގެ އިރުޝާދާއެކު ފެށި "ދަ ކަޕިލް ޝަރުމާ ޝޯވ"އަށް ގިނަ ބައެއްގެ ތަރުހީބު އޮހެނީ

ސަލްމާން ޚާންގެ އިރުޝާދާއެކު ފެށި "ދަ ކަޕިލް ޝަރުމާ ޝޯވ"އަށް ގިނަ ބައެއްގެ ތަރުހީބު އޮހެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަލްމާން ޚާންގެ އިރުޝާދާއެކު ފެށި "ދަ ކަޕިލް ޝަރުމާ ޝޯވ"އަށް ގިނަ ބައެއްގެ ތަރުހީބު އޮހެން ފަށައިފިއެވެ.

ސޮނީ އެންޓަރޓައިންމެންޓް ޗެނަލުން ގެނެސްދޭ މި ޝޯވ މީގެ ކުރިން ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވަނީ އެ ޗެނަލުގެ ފަރާތުންނަމަވެސް އެކި ސަބަބުތައް މެދުވެރިވެގެން ދެ ފަހަރެއްގެމަތިން ހުއްޓާލަންޖެހުނު "ދަ ކަޕިލް ޝަރުމާ ޝޯވ" އަލުން ފެށީ މިދިޔަ ޑިސެމްބަރ މަހުގެ 29 ގައެވެ.

ރާއްޖެއާއި އިންޑިއާ އަދި ދުނިޔޭގެ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ހެއްވާ، މަޖާ އަދި ޢިބްރަތްތެރި ކަންތައްތައް ދައްކުވައިދޭ ސްޓޭޖް ޝޯވއަކީ އެ ޝޯޥ ބަލައިލުމުން ގިނަ ބަލިމީހުންގެ ހިތްތަކަށްވެސް ހިތްހަމަޖެހުން ގެނެސްދޭ ޝޯވއަކަށްވަނީ ވެފައެވެ.

އެއްއަހަރަށްވުރެ، ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ޝޯވ ފެށި އިރު، މިޝޯވ ހުށަހަޅައިދޭ ކުޅަދާނަ އެކްޓަރ ކަޕިލް ޝަރުމާ ވަނީ ޒަވާޖީ ޙަޔާތެއް ފަށާފައެވެ. އެހެންކަމުން މިޝޯވއަށް މިހާރު އަންނަ ބައެއް ފަންނާނުންވެސް ޝޯވގެ ކޮންމެވެސް ހިސާބަކުން އެވާހަކަ ކަޕިލްއާ މުޚާތަބުކުރަމުން އާދެއެވެ.

އެ ޝޯވ ހުށަހަޅައިދޭ ކޮމޭޑިއަން އެކްޓަރ ކަޕިލް ޝަރުމާގެ ސިއްހީ މައްސަލަތަކެއް ދިމާވުމުންނާއި ޝޯވގެ ބައިވެރިންގެ މެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން މީގެ ކުރިން އެ ޝޯވ ދެ ފަހަރެއްގެ މަތީން ވަނީ އަލުން ފަށާފައެވެ. ނަމަވެސް ޝޯވތަކަށް ބެލުންތެރިންގެ މާބޮޑު ސަމާލުކަމެއް ނުލިބުނީ ޝޯވގެ ފްލޯރއަށް ނުވަތަ ޝޯވ ގެނެސްދޭގޮތަށް ބަދަލުގެނައުމުންނެވެ.

އެހެންނަމަވެސް މިފަހަރުގެ ޝޯވ މުޅިން ތަފާތުކަމަށާއި ސަލްމާން ޚާންގެ ޚިޔާލާއި އެއްގޮތަށް ގެންދާނަމަ، ޝޯވ ކާމިޔާބުވާނެކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް