އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްސަލައަކީ ޖިންނިއެއް ނޫނެވެ. ގަވައިދާ ހިލާފުވުމެވެ.

މައްސަލައަކީ ޖިންނިއެއް ނޫނެވެ. ގަވައިދާ ހިލާފުވުމެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު

މިދުވަސްވަރު އެއްމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ސިނަމާލޭ ދާލަމާއި އިންވެގެން އޮންނަ މަގުން ދުއްވާފައިދާ މީހުންނަށް ޖިންނި ފެންނަ ވާހަކައެވެ. ޖިންނި ފެނުމަކީ ޤަބޫލުކުރެވޭ ވާހަކައެކެވެ. ޖިންނީންނަކީ އުޅޭ ބައެއްކަން ކީރިތި ޤުރުުއާނުން ސާފުކޮށް އެނގެން އެބަހުއްޓެވެ.

ނަމަވެސް، ޤަބޫލު ނުކުރެވެނީ ސައިކަލު ފަހަތައް ޖިންނި އަރާވަަހަކައެވެ. އަދި ސައިކަލު ފަހަތަށް ޖިންނި އެރިޔަސް، އެހެން މީހަކަށް އެ ސައިކަލުގައި ޖިންނި އިންނަ މަންޒަރު ފެނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ. ޖިންނި ފެނިދާނެއެވެ. އެކަމަކު ސައިކަލު ފަހަތަށް އަރާ ތިމާއާއެކު ދުއްވާލަން ގޮސް، ކޮފީ ބޮއެ، ނަށާ ހެދުން މިހުންނަނީ ގަބޫލު ކުރެވޭ ކަންކަމެއް ނޫނެވެ.

ދެން އޮތީ އެ މަގުން ދާއިރު ފަރުހަކި ވަސް ދުވުމެވެ. އެކަމަކީ އެ މަގުން ދަތުރުކުރާ އެކަކަށް ވެސް އާ ކަމެއް ނޫނެވެ. ފަރާ އިންވެގެން ހިއްކާފައިވާ އެ މަގުން، ފަރު ހިކިފައި އޮންނަ ވަގުތުތަކުގައި ދަތުރު ކުރާއިރު އެ ވަސް ދުވަ އެވެ.

މި ހުރިހާ ކަމެއް އެއްމެ ފަހުން މިވީ އެކްސިޑެންޓެއް ވީމަ ދައްކާލަން ރަނގަޅު ބަހަނާއަކަށެވެ. އަންހެނުންނަށް ވަގަށް އެހެން މަންޖެއެއް ގޮވައިގެން ބުރުޖަހަން ނުކުމެ އުޅެނިކޮށް ދަންނަ މީހަކު އެވާހަކަ އަނބިމީހާ ގާތު ދެއްކީމަ، ދައްކާލަން މޮޅު ބަހަނާއަކަށެވެ.  

ކޮންމެއަކަސް، ހަގީގަތަކީ މިއީ އެވެ. ސައިކަލެއް ވިޔަސް އަދި ކާރެއް ވިޔަސް ދުއްވަނީ ތިމާ އަށް ދުއްވުނު އެއްމެ ބާރަކަށެވެ. ދުއްވަން ބޭނުންވަނީ "ރޮދީގަ" އެވެ. ދެން އެކްސިޑެންޓް ނުވިއްޔާ ދެރަތާއެވެ. ނުބައި ލޭނަކުން ދުއްވާފައި ގޮސް އެއްޗަކަށް މުޑި އެރީމާ ގޯސް މިވަނީ ޖިންނިއެވެ. ގަވައިދާ ހިލާފަށް ދުއްވާފައި ޖިންނި ބޮލަށް ކަނޑާލުން ކިހާ ފަސޭހަ ހެއްޔެވެ؟

އެކްސިޑެންޓެއް ހިނގަނީ ކޮންމެވެސް މީހަކުގެ އިހުމާލުންނެވެ. އެމީހުންނަށް ގާނޫނީ ގޮތުން އުގޫބާތްތައް ކަނޑައެޅިފައި އެބަހުއްޓެވެ. ދެވަނަ ފަހަރަށް، ތިންވަނަ ފަހަރަށް ތަކުރާރުވާ މަންޒަރުވެސް އެބަފެނެއެވެ. ކީއްވެ ތޯއެވެ؟ ދޫކޮށްލެއްވޭތީއެވެ. ލައިސެންސް ނެތި ދުއްވެންވީ ކީއްވެތޯއެވެ؟ 18 އަހަރު ނުވަނީސް ދުއްވެންވީ ކީއްވެތޯއެވެ؟ ފިޔަވަޅު ނޭޅޭތީއެވެ. އެވަރަށް ނުބެލޭތީއެވެ. މިއީ ހަގީގަތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް