އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ބެލެނިވެރިންގެ ލޯ ހުޅުވާލި ދިވެހި ފިލާވަޅު!

ގިނަ ބެލެނިވެރިންގެ ލޯ ހުޅުވާލި ދިވެހި ފިލާވަޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

 

ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 2 ގެ ދަރިވަކަށް ދީފައިވާ ދިވެހި ފިލާވަޅަކަށް، އެދަރިވަރު ޖަވާބު ދީފައިވާ ގޮތް ފެނިފައި އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރެއް ކޮށްފިއެވެ.

"އަހަރެންގެ އާއިލާ" މި ސުރުޙީގެ ދަށުން ދީފައިވާ ޓޭބަލެއްގެ އެއްފަޅީގައި އިނީ އާއިލާގެ މެމްބަރުގެ ނަން ލިޔާށެވެ. އަނެއް ފަޅީގައި އިނީ އެމެމްބަރު ކޮށްދޭ ކަންތައް ލިޔާށެވެ.

އެގޮތުން އެންމެ ފުރަތަމަ ވެސް "އާއިލާގެ މެމްބަރު" ބައިގައި އެދަރިވަރު ލިޔެފައިވަނީ އޭނާގެ "މަންމަ" އެވެ. ވަރަށް ވެސް އުފާވެރި އެހެންނޫންތޯ އެވެ؟ ނަމަވެސް ކޮށްދޭ ކަންތަކުގެ ބައިގައި ދަރިވަރު ލިޔެފައި އިން ބަސްތައް ކިޔާލާފައި ހިތް ފަޅައިގެން ދާވަރުވިއެވެ.

މަންމަ ކޮށްދޭ ކަންތައްކަމުގައި ދަރިވަރު ލިޔެފައިވަނީ އޮފީހަށް ދިޔުމެވެ. ދަރިވަރަށް އެދަރިވަރުގެ މަންމަ ކޮށްދޭ ކަމެއްގެ ގޮތުގައި "އޮފީހަށް ދިޔުން" ލިޔެފައިވަނީ ކީއްވެބާއޭ ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރެވުނެވެ.

ދެވަނައަށް އާއިލާގެ މެމްބަރަކަށް ލިޔެފައިވަނީ އެދަރިވަރުގެ "ބައްޕަ" އެވެ. އަޅުގަނޑު ހީކުރީ ކޮށްދޭ ކަމަކަށް އަނެއްކާވެސް ލިޔެފައިވާނީ އޮފީހަށް ދިޔުން ކަމަށެވެ.

 

ނަމަވެސް ކަންވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ބައްޕަ ކޮށްދޭ ކަމެއްގެ ގޮތުގައި ދަރިވަރު ލިޔެފައިވަނީ "ޕަބްޖީ ކުޅުން" މިފަދައިންނެވެ. އަޅުގަނޑަށް ލިބުނީ ކުއްލި ސިހުމެކެވެ.

މިފޮޓޯއަކީ ސޯޝަލް މީޑިއާއިން ފެނުން ފޮޓޯއަކަށްވުމުން، ފޮޓޯއަށް މީހުން ކޮށްފައިހުރި ކޮމެންޓުތައް ވެސް ކިޔާލީމެވެ. ސްކޫލެއްގެ މުދައްރިސަކު ކޮމެންޓު ކޮށްފައިވާ ގޮތުގައި ބައްޕައިން ޕަބްޖީ ކުޅުމަށް ގެއްލިފައި ހުންނަ ވާހަކައާއި އަބަދު އެގޭމު ކުޅެން އިންނަ ވާހަކަ އޭނާގެ ދަރިވަރުން ވެސް ވަނީ އޭނާގާތު ދައްކާފައެވެ.

އެހެން ބައެއް ބެލެނިވެރިން ބުނި ގޮތުގައި މިފަދަ މައިންބަފައިން ވަރަށް ގިނައެވެ. ދަރިންނާއިމެދު އިޙުމާލުވުން ވަރަށް ބޮޑެވެ. އެއްބަޔަކު، އެމީހުންނަށް ވެސް އުޅެވެނީ މިފަދައިން ކަމަށް ބުނެ މިފޮޓޯގެ ސަބަބުން ވަރަށް ބޮޑަށް ލޯހުޅުވިއްޖެ ކަމަށް ބުނެ އެއްބަސްވެފައިވެއެވެ.

ހަގީގަތުގައިވެސް މިއީ މިޒަމާނުގެ ހާލަތެވެ. ދަރިންނަށްވުރެ ބޮޑަށް އެހެން ކަންކަމަށް ސަމާލުކަން ދެވެނީއެވެ. ނުވަތަ ދަރިންނަށް ދޭންވާވަރަށް ސަމާލުކަން ނުދެވެނީއެވެ.

ކުޑައިރު އެދަރިން މިފަދަ ކަންކަން ފާހަގަ ކުރާއިރު، އެކުދިން ބޮޑުވެގެން އަންނައިރު ވެސް މިފަދައިން އެކުދިންނާއިމެދު އިޙުމާލުވެވޭނަމަ، ހިތާމަތަކާއި ބެލެނިވެރިންނަށް ކުރިމަތިލާން ޖެހިދާނެއެވެ.

މައިންބަފައިންގެ އަޅާލުން ފުރިހަމައަށް ނުލިބިގެން، މަގުން ކައްސާލާފައި ތިބި ދަރިން ނުވަތަ ޒުވާނުން މަދެއް ނޫނެވެ. ވިސްނަވާށެވެ. އަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. އެއީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ