އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގައި އެކްސިޑެންޓުވެ ފައި ބިނދުނު މީހާގެ ހާލު ރަނގަޅު - އައިޖީއެމްއެޗް

ހުޅުމާލޭގައި އެކްސިޑެންޓުވެ ފައި ބިނދުނު މީހާގެ ހާލު ރަނގަޅު - އައިޖީއެމްއެޗް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެއަށް އަރަން އިން ހައިވޭގައި އިއްޔެ މެންދުރުފަހު 14:55 ހާއިރު ހިނގި ނުރައްކަތެރި އެކްސިޑެންޓުގައި، ފައި ބިނދުނު މީހާގެ ހާލު މިވަގުތު ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

 

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކްސިޑެންޓުވީ މީހާގެ ހާލު މިހާރު ސްޓޭބަލްކަމަށާއި އެމީހާ މިހާރު ވާރޑުގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަމަށެވެ.

 

ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެއަށް ދާން އިންނަ ހައިވޭ މަގުގައި ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ގއ. ކޮލަމާފުށްޓަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. މިއެކްސިޑެންޓުގެ ސަބަބުން އެމީހާގެ ވާއަތު ފައިގެ ކުޑަހުޅުގެ ކަށިގަނޑު ވަނީ މަސްގަނޑުން ބޭރަށް ނިކުމެފައެވެ.

 

އެނގިފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ ވޭނަކާއި ސައިކަލެއް ޖެހިއެވެ. އެކްސިޑެންޓުގެ ސަބަބުން ބޮޑަށް އަނިޔާ ވެފައިވަނީ ސައިކަލު ދުއްވަން އިން މީހާ ކަމަށާއި އޭނަ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ ޕްރައިވެޓު ކާރަކަށް ލައިގެން ކަމަށާއި ކާރަށް އެމީހާލުމަށް ޕްރިޒަންސް އޮފިސަރަކާއި ފުލުހެއް އެހީތެރިވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެމީހާއާއެކު ހޮސްޕިޓަލަށް ވެސް އެފުލުސް މީހާ ދިޔަކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ