އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަދަ ދުވަސްވަރެއްގައި ގިނަގިނައިން ކުރުން ރަނގަޅު ދުޢާއެއް!

މިފަދަ ދުވަސްވަރެއްގައި ގިނަގިނައިން ކުރުން ރަނގަޅު ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މި ދުޢާއަކީ މިފަދަ ދުވަސްވަރެއްގައި ގިނަގިނައިން ކިޔުން ވަރަށް ރަނގަޅު ދުޢާއެވެ. މިދުޢާގެ މާނައަކީ: "އޭ ހިތްތައް އެފުށް މުފުށަށް ޖައްސަވާ އިލާހް އެވެ. މިއަޅާގެ ހިތް ދީން މަތީގައި ސާބިތު ކުރައްވަވައިފާނދޭވެ! (ސާބިތުކޮށްދެއްވަވައިފާނދޭވެ!)"އެވެ. މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެންމެ ގިނައިން ކުރައްވަވާ ދުޢާއެވެ.-- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

އެނބުރެމުން މިދާ އިސްލާމް ދީނާއި ދެކޮޅު އޮއިވަރުގެ ސަބަބުން މީސްތަކުންނަށް މިދަނީ ބޮޑެތި އޮޅުންތައް އަރަމުންނެވެ. ޝައްކުތައް އުފެދި މަގުއޮޅެމުންނެވެ. އެހެންކަމުން މިފަދަ ނުބައި އޮއިވަރެއްގައި ޖެހި ހިތް ބަދަލުވެއްޖެނަމަ އެކަންވާނީ ދެ ދުނިޔެ ގެއްލުން ފަދަ ކަމަކަށެވެ. 

ވީމާ މިފަދަ ދުޢާ ކުރުން ގިނަކޮށް އިސްލާމް ދީނުގައި ސާބިތުވުމުގެ ތައުފީޤަށް އެދުމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑެވެ. 

ދުޢާ: 

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِى عَلَى دِينِكَ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް