އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުވާއަށްފަހު އަދީބު ޖަލަށް ބަދަލު ކޮށްފި

ފަރުވާއަށްފަހު އަދީބު ޖަލަށް ބަދަލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަށް ފަރުވާ ދިނުމަށްފަހު، ރޭގެ ވަގުތެއްގައި އަނބުރާ ޖަލަށް ގެންގޮސްފިއެވެ. 

އެނގިފައިވާ ގޮތުގައި އަދީބު މާލެ ގެނެސް އައިޖީއެމްއެޗް ގައި ފަރުވާ ދީފައިވަނީ ހޭނެތިގެން ފާޚާނާ ތެރެއަށް ވެއްޓުމާއި ގުޅިގެން، އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. 

އާއިލާއިން ބުނިގޮތުގައި، ކުރީގެ ނައިބު ރައީސް އަދީބަށް ފަރުވާ ދިނުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ރޭ 20:45 ހާއިރެވެ. 

މިކަމާއި ގުޅޭގޮތުން އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބުގެ ސިއްޙީ ފަރުވާގެ ކަންތައްތައް ހިނގަމުންދަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބޭނުންފުޅުވާ ގޮތަށް ކަަމަށެވެ. އަދި މިނިސްޓަރ ބޭނުންވާ މިންވަރަށް ފަރުވާ ދެއްވުމަށްފަހު ބޭނުންނުވާ ފަރުވާ ނުދެއްވާ ކަމަށް ވެސް ބުނެ އަދީބުގެ އާއިލާއިން ތުހުމަތު ކޮށްފައިވެއެވެ.

އެގޮތުން އަދީބުގެ ސިއްޙީ ހާލަތާއި އެކަށީގެންވާ މާހައުލެއް އޭނާއަށް ފަހިކޮށްދިނުމުގެ ބަދަލުގައި އަދީބުގެ ކިޑްނީ ސްޓޯންގެ ފަރުވާގެ އެއްބައި ހުއްޓާލީ ކަމަށް ވެސް ބުނެ އާއިލާއިން ތުހުމަތު ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ