އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑު ފަރުދީގޮތުން މާފުކުރި ނަމަވެސް މުއައްސަސާތަކުން ބަލަންޖެހޭ ކަންކަން ބަލާނެ: ކާނަލަ ނާޒިމް

އަޅުގަނޑު ފަރުދީގޮތުން މާފުކުރި ނަމަވެސް މުއައްސަސާތަކުން ބަލަންޖެހޭ ކަންކަން ބަލާނެ: ކާނަލަ ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލައިގައި އަނިޔާވެރިވި އަދި ކަންކަން އޮޅުވައިލި މީހުންނަށް ފަރުދީ ގޮތުން މަޢާފް ކުރެއްވި ނަމަވެސް އެ މައްސަލަތައް ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން ބަލާނެ ކަމަށް ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކާނަލް ނާޒިމް ވިދާޅުވީ އެ މައްސަލައަކީ ވަރަށް ގިނަ ބައެއްގެ ޙައްޤުތައް އެކުލެވިގެންވާ އަދި ޤާނޫނީ ގޮތުން ވަރަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ ކަމަށާއި މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކާނަލް ނާޒިމް ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އެފަދަ ބޮޑެތި އަނިޔާތައް ރައްޔިތުންނަށް ކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ ކަމަށާއި ކުށްކުރި މީހުންނަށް ޤާނޫނުން ލިބެން ޖެހޭ އަދަބަށް މަޢާފް ކުރެއްވުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި 3 އަހަރާއި 9 މަސް ދުވަހު ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަކީ ވަރަށް ގިނަ ބައަކު ކަންބޮޑުވި މައްސަލައެކެވެ. އަދި ފުލުހުން ކާނަލް ނާޒިމް ދިރިއުޅުއްވާ ފްލެޓަށް ވަދެގަތް ގޮތާއި ވަދެގަތުމަށްފަހު ކާނަލް ނާޒިމްގެ އިތުރުން އަނބިދަރިންނަށް ކުރި ލާއިންސާނީ އަނިޔާތައްވެސް ގިނަ ބައަކު ދަނީ ކުށްވެރިކުރަމުންނެވެ.

އެންމެ ބޮޑަށް މި "ޑްރާމާ"ގައި ފާހަގަ ކުރެވޭ އެއްކަމަކީ ހަތިޔާރު އެއްތަނުން އެއްތަނަށް ގެންދިއުމުގެ ހުއްދަ ފުލުހުންނަށް ލިބިފައި ނުވާއިރު ފެނުނު "ހަތިޔާރު" ފުލުހުން އަމިއްލައަށް ގެންގޮސްފައިވާ ކަމެވެ. އަދި ފެނުނު ކަމަށް ބުނާ މަޝްހޫރު "އެ ޕެންޑްރައިވް" ގިނަ ބައަކު ޤަބޫލުކުރަނީ ޤަރުނުގެ އެންމެ ބޮޑު "ފުލޯކް" ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް