އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބު ގެއަށް ބަދަލު ކުރަން ހައިކޯޓުން އަމުރު ކޮށްފި

އަދީބު ގެއަށް ބަދަލު ކުރަން ހައިކޯޓުން އަމުރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 0 ސިކުންތު

ތަފާތު އެކި މައްސަލަތަކުގައި ބޮޑު ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލު ކުރުމަށް ހައިކޯޓުން މީގެ އިރުކޮޅެއް ކުރިން އަމުރު ކޮށްފިއެވެ.

 

ހައިކޯޓުން މިފަދައިން އަމުރު ކޮށްފައިވަނީ އެކޯޓުން ނެރުނު ވަގުތީ އަމުރެއްގައެވެ.

 

އަދީބު އަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެކޯޓުން ނިންމީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

 

ސިވިލް ކޯޓުން އެމައްސަލަ ބޭރު ކުރުމުން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރިއެވެ. އަދި އިއްޔެ އާއި މިއަދު އެމައްސަލައިގެ އަޑުއެހުމެއް ވެސް އެކޯޓުގައި ބާއްވާފައިވެއެވެ.

 

ހައިކޯޓުން ވަގުތީ އަމުރެއް ނެރެދިނުމަށް އަދީބު އިއްޔެ އެދުނީ އެމައްސަލައިގެ ޝަރީއަތުގައެވެ. އެއަމުރު ނެރުނީ އަދީބު އާއި ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރުމަށްފަހުއެވެ.

 

ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް ވިދާޅުވެފައިވަނީ، އޭނާވަނީ ބާރުގަދަ ބޭސްތަކެއް ކާން ޖެހިފައި ކަމަށާއި އެކަމުގެ ސަބަބުން ބޮލުގައި ރިއްސުމާއި ހޭނެތުން ފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވެސް ޖަލުގެ ފާޚާނާ ތެރެއަށް ބޯއަނބުރައި ގަނެގެން ވެއްޓުނު ކަމަށް އަދީބު ވިދާލުވިއެވެ.

 

ޝަރީޢަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލު މުޙައްމަދު އިސްމާއިލް ވިދާޅުވީ، އަދީބުގެ ސިއްޙީ ހާލަތު ގޯސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ. އެހެންކަމުން އަދީބުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ވެސް ވަކީލު އެދިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ