އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބު ގެއަށް ބަދަލު ކުރުމުގެ އަމުރު ތަންފީޒު ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

އަދީބު ގެއަށް ބަދަލު ކުރުމުގެ އަމުރު ތަންފީޒު ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލު ކުރުމަށް ހައިކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒު ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

 

އަދީބު ގެއަށް ބަދަލު ކުރުމަށް އަންގައި، ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އިއްޔެއެވެ. ނަމަވެސް މިއަދު މަތީ ކޯޓުން ނެރެނު ވަގުތީ އަމުރެއްގައި ބުނެފައިވަނީ އަދީބު ގެއަށް ބަދަލު ކުރުމާމެދު އެކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ހައިކޯޓުގެ އަމުރު ވަގުތީ ގޮތުން ފަސް ކުރުމަށެވެ. އަދި އެއަމުރު ތަންފީޒު ކުރުމަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނުއެޅުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އަމުރު ކުރާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

 

ހައިކޯޓުން އަދީބު ގޭ ބަންދަށް ބަދަލުކުރަން ވަގުތީ އަމުރެއް ނެރުނީ އޭނާގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގައިި އަދީބުގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެންނެވެ.

 

ނަމަވެސް އެކޯޓުގެ އަމުރަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރުނީ، ހައި ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް، އެ އަމުރަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުންނެވެ.

 

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުން އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި، އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ އަހަރު އެ ކޯޓުން ނިންމާފައި އޮތީ ގައިދީން ބޭރަށް ފޮނުވުމުގައި އަމަލުކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ކޮށްފައި ނުވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ