އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޖުރިބާކާރު މީޑްފީލްޑަރ އަކޫ ޓީސީއަށް

ތަޖުރިބާކާރު މީޑްފީލްޑަރ އަކޫ ޓީސީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ތަޖުރިބާކާރު މީޑްފީލްޑަރ އަކްރަމް ޢަބްދުލްޣަނީ (އަކޫ) ޓީސީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.

ދިވެހި ޤައުމީ ފުތްބޯޅަ ޓީމުގެ ކެޕްޓަން އަކޫ އެންމެ ފަހުގެ ލީގު ޗެމްޕިއަން އާގުޅުނީ 3 އަހަރުގެ އެއްބަސްވުމެއްގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެއީ އެފްއޭއެމުން އެކުލަވާލި އާ ޤަވާޢިދުގެ ދަށުން ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ހެދޭނީ މަދުވެގެން ތިން އަހަރު ދުވަހަށް ކަމަށްވާތީއެވެ.

ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޓީސީން އަކޫ އެޓީމަށް ގެންދިޔަ އިރު، މީގެކުރިން ވަނީ މާޒިޔާގެ މިޑްފީލްޑަރު އިސްމާއިލް ޢީސާ (މެސީ) ވެސް ގެންގޮސްފައެވެ. އަދި ޔުނައިޓެޑް ވިކްޓަރީއަށް މިދިޔަ އަހަރު ކުޅުނު ޢަބްދުލް ވާހިދު (ވާޑު) ގެންނަންވެސް އެއްބަސްވުމަކަށް އައިސްފައިވާ އިރު، މިދިޔަ އަހަރުތަކުގައި ޓީސީން ފެނުނު މުހައްމަދު އައްޒާމްވެސް ވަނީ އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ.

މީގެއިތުރުން ވިކްޓަރީއަށް މިދިޔަ އަހަރު ކުޅުނު ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ނިއުގެ ޒުވާން ކުޅުންތެރިއާ އާދަމް އިޝާމް (ސަން) ވެސް ވަނީ އެޓީމަށް ގެންގޮސްފައެވެ.

އަކޫ ފުޓްބޯޅަ ކެރިއަރ ފަށާފައިވަނީ ކްލަބް ވެލެންސިއާ އިންނެވެ. އަދި 2007 ވަނަ އަހަރު ނިއު އަށް ބަދަލުވުމަށްފަހު، އޭގެފަހުންވަނީ މާޒިޔާ އާއި ވިކްޓަރީ އަދި ވީބީ އައްޑޫ އެފްސީ އަށްވެސް ކުޅެފައެވެ. އަލުން އޭނާ ނިއުއާ 2017 ވަނަ އަހަރު ގުޅުނީ އޭގެ ކުރިން ވެލެންސިއާ އަށްވެސް ކުޅުމަށް ފަހުއެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަކޫ އަށް ގައުމީ ޓީމުން ޖާގަ ލިބުނީ 2017 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވައިދުން ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް