އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވީއޭއެމް ކަޕްގެ ފައިނަލަށް ޕޮލިސް އަދި ވެމްކޯ. ފައިނަލް މެޗު މާދަންރޭ

ވީއޭއެމް ކަޕްގެ ފައިނަލަށް ޕޮލިސް އަދި ވެމްކޯ. ފައިނަލް މެޗު މާދަންރޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުގެ ޖާގަތައް ޕޮލިސް ކުލަބާއި ވެމްކޯ ހޯދައިފިއެވެ.

ވެމްކޯ އިން ފައިނަލުގެ ޖާގަ ހޯދީ ތިންވަނަ ސެމީފައިނަލުގައި ލޮރެންޒޯ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު 26-24، 26-24 އަދި 25-16 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އާމިނަތު އަރީޝާ އެވެ.

ޕޮލިސް ކްލަބު ފައިނަލުގެ ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ވެމްކޯ 3 ސެޓް 1 ސެޓުން ބަލިކޮށްފައެވެ. ޕޮލިސް ކްލަބު ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.

ވެމްކޯ އާއި ޕޮލިސް ކުލަބް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު މާދަމާރޭ ކުޅޭ އިރު، މުބާރާތުގެ ތިންވަނަ ޓީމުގެ މަޤާމް ވަނީ ލޮރެންޒޯއަށް ލިބިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް