އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން މަރަށް ތެޅޭއިރު މަންޒަރު ވީޑިއޯކުރަން ނުތިބެ އިންސާނުންނަށް ރަޙްމްކުރާ ބައަކަށްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު ގޮވާލައްވައިފި

މީހުން މަރަށް ތެޅޭއިރު މަންޒަރު ވީޑިއޯކުރަން ނުތިބެ އިންސާނުންނަށް ރަޙްމްކުރާ ބައަކަށްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ދިވެހިންނަކީ މީހުން މަރަށް ތެޅޭއިރު އެމީހާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިނުވެ، މަރަށް ތެޅޭ މަންޒަރު ފޮޓޯ ނަގައި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހާމަކުރަން އުޅުމަށްވުރެ އިންސާނުންނަށް ރަޙްމްކުރާ ބައަކަށްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު ޢައިޝަތު ނަހުލާ ގޮވާލައްވައިފި އެވެ. 

ޢައިޝަތު ނަހުލާ މިކަމަށް ގޮވައިލެއްވީ ޓްރެފިކް ޤަވާއިދުތަކަށް ހޭލުންތެރިކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ފެށި "މީތި ސަޅި" ކެންޕޭނުގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ. 

"ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު 17 އަހަރުގެ ކުއްޖަކު ބާރު ސްޕީޑްގައި ލޯކަލް މާރުކޭޓް ކައިރިން ދުއްވާފައި ގޮސް އެއްޗެއްގައި ޖެހި އެކްސިޑެންޓްވެ މަގުމައްޗަށް ވެއްޓި މަރަށް ތެޅެމުން ދިއައިރުވެސް އެތަނުގައި ތިބި މީހުން ބެލީ އެމީހުންގެ އަތުގައި ހުރި އަގު ބޮޑު ފޯނުތަކަށް ފޮޓޯނަގައި ވީޑިއޯކޮށް އަޕްލޯޑް ކުރެވޭތޯ! އަޅުގަނޑުގެ ސުވާލަކީ ދިވެހިންނަކީ ހަމަ މިހައި ރަޙުމް ކުޑަ ބައަކީތޯއޭ! ހަމަ ގައިމުވެސް އެ މަންޒަރު ފެނިފަ އަޅުގަނޑުގެ ހިތަށް ވަރަށް އަސަރުކުރި." 

އައިޝާ ވިދާޅުވީ މިހާރުގެ ޙާލަތަށް ބަލާއިރު ކޮންމެ މީހަކީވެސް ކަމެއް ދިމާވެއްޖެނަމަ ފަސްޓްއެއިޑް ދެވޭ ފެންވަރަށް ތަމްރީނު ލިބިގެން ހުރި މީހަކަށްވެސް ވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. "ދާދިފަހުން ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާލިބުނު ތުއްތު ކުއްޖާ މަގުމައްޗަށް ވެއްޓިފައި އޮއްވައި ނަގައި ކޮނޑަށް ލުމުން ކުއްޖާއަށް އިތުރު އަނިޔާ ލިބޭނެ ގޮތް މެދުވެރިވި. އެކަން މެދުވެރިވީ ކަމެއް ދިމާވުމުން އަމަލުކުރަންޖެހޭ ގޮތް ނުއެނގި ތިބީމަ. ވީމާ ކޮންމެ ކުއްޖަކު ފަތސް ދަސްކުރާ ފަދައިން މިކަންކަންވެސް އެބަ ދަސްކުރަންޖެހޭ. މިއީ ކޮންމެ މީހަކަށް، ކޮންމެ ވަގުތަކު ނަމަވެސް ކުރިމަތިވެދާނެ ހާލަތެއް. އެމީހާއަށް ނުވަތަ ޢާއިލާގެ މީހަކަށް ކަމެއް ދިމާވި ނަމަވެސް ޢަމަލުކުރަންވީ ގޮތް އެނގޭނީ އެއިރުން." ޢައިޝާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު