އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސީޕީ ކަޕް ފުޓްސަލް މުބާރާތް ފަށައިފި

ސީޕީ ކަޕް ފުޓްސަލް މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަަކު ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު އެފްއޭއެމް ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މުބާރާތް ފައްޓަވާ ދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ޕޮލިސް ކުލަބުގެ ރައީސް އާއި ނައިބު ރައީސުންނާއި މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެފައިވެއެވެ.



މުބާރާތް ފަށާފައިވަނީ ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ. މިމެޗު ޝަރަފްވެރިކޮށްދެއްވާފައިވަނީ ރިޓަޔާޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް މަނިކު އެވެ. މިމެޗުގައި ވާދަކޮށްފައިވަނީ އެކްޓިންގ ކޮމިޝަނަރ އޮފް  ޕޮލިސްގެ ޓީމާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ޓީމެވެ. މިމެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ޓީމެވެ.

ފެބްރުއަރީ މަހުގެ 2 ން 14ށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގައި 25 ޓީމަކުން އަދި އަންހެން ޑިވިޜަންގައި 6 ޓީމަކުން ބައިވެރިވެފައިވެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަން ކުރިއަށްދަނީ 6 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ދެވަނަ ބުރަށް ދާގޮތަށެވެ. އަދި  ގުރޫޕްތަކުން އެންމެ ރަނގަޅު ނަތީޖާ  ހޯދާ ހަތަރު ޓީމަކަށް ދެވަނަބުރުން  ފުރުޞަތު ލިބިގެންދާނެއެވެ. އަދި އަންހެން ޑިވިޜަން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ދާގޮތަށެވެ.

 

ސީޕީ ކަޕް ފުޓްސަލް މުބާރާތުގައި އިއްޔެވަނީ ފިރިހެން ޑިވިޜަންގައި ނުވަ މެޗެއް ކުޅެފައެވެ. އަދި އަންހެން ޑިވިޜަންގައި ތިން މެޗު ކުޅެފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ