އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ އިތުރުކުރަނީ

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ އިތުރުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ އިތުރުކުރަން ނިންމައިފިއެވެ.

މި އަހަރާއި އަންނަ އަހަރާ ދެމެދު ރާއްޖެއަށް ދޭން އިންޑިއާގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 575 ކްރޯޑް ރުޕީސް (5.7 ބިލިއަން ރުފިޔާ) އެވެ. މިދިޔަ އަހަރު ރާއްޖެއަށް ދޭން ކަނޑައެޅީ 125 ކްރޯޑް ރުޕީސް (1.2 ބިލިއަން ރުފިޔާ) އެވެ.

އިންޑިއާ އިން ރާއްޖެއަށް ދޭ އެހީތައް އިތުރުކުރަން ނިންމިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ އެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ބަދަހިވެފަ އެވެ. އަދި ދާދިފަހުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އިންޑިއާއަށް ރަސްމީދަތުރުފުޅެއް ކުރައްވާފައެވެ. 

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓްގައި، 4.8 ބިލިއަން ޑޮލަރު އެކި ގައުމުތަކަށް ދިނުމަށް ހިމަނާފައިވެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު