އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އުރީދޫގެ "ވޯރ އޮން ވޭސްޓް" ކެމްޕެއިން ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި

އުރީދޫގެ "ވޯރ އޮން ވޭސްޓް" ކެމްޕެއިން ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

"ވޯރ އޮން ވޭސްޓް" ގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން ހިންގާ ތިމާވެށީގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ މިއަދު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގައެވެ.

"ވޯރ އޮން ވޭސްޓް" ކެމްޕެއިން ލޯންޗް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ ދާއިރާގައި އުރީދޫ މޯލްޑިވްސްގެ ހިއްސާ ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމަށް އެކުންފުނިން ކޮށްދެމުން ގެންދާ ގިނަގުނަ ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް އުރީދޫ މޯލްޑިވްސް އިން ހިންގަމުންދާ ހަރަކާތްތަކަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތްތަކެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގައި، އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު