އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގެ މެޑެލް އަދި ޓީޝާޓް ރާއްޖޭގެ މަންޒަރުތަކުން ޖަރީވެފަ..

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގެ މެޑެލް އަދި ޓީޝާޓް ރާއްޖޭގެ މަންޒަރުތަކުން ޖަރީވެފަ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ޓްރެވަލް މެރެތަންސް އޮފް މޯލްޑިވްސް ސީރީސްގެ ފުރަތަމަ އިވެންޓުގެ މެޑެލް އަދި ޓީޝާޓް ދައްކާލާފައިވާ އިރު، ބައިވެރިވުމުގެ މުއްދަތު ހަމަވާން އެންމެ 5 ދުވަހަށް ވެއްޖެއެވެ.

 

ޓޫރިޒަމް މިނިސްޓްރީން އެންޑޯސްކޮށްފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް މެރެތަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މާރޗު މަހުގެ 8 ވަނަ ދުވަހު ހުޅުމާލޭގައެވެ.

 

އައި-ރަނަރސް އާއި އޮބްޖެކްޓް އަދި ޔުނިކްސް ސްޕޯޓިންގ ގުޅިގެން ބާއްވާ މި މެރެތަންގައި މެރެތަން، ހާފް މެރެތަން އަދި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު ވަނީ ހިމަނާފައެވެ. މި ރޭސް ނިންމާ ބައިވެރިންނަށްދޭ މެޑެލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޤުދުރަތީ ވެށި ރަމްޒުކޮށްދޭ ގޮތަށެވެ.

 

ލޮނުފެން ސްޓޫޑިއޯގެ ޢަބްދުﷲ ތައުފީގް (ތައު) ގެ ކުރެހުމެއްގެ ނަކަލުކޮށް ފަރުމާކޮށްފައިވާ މެޑަލް ކަނޑުދަތުރުފަރު ރަމްޒުކޮށްދޭ އިރު، މެޑެލް ހަދާފައިވަނީ ހުންގާނެއްގެ ބައްޓަމަށެވެ. އަދި ހުންގާނުގެ ވަށައިގެން ފެންނަން ހުންނާނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކާއި މުރަކަތެކެވެ.

 

ރޭސް ޓީޝާޓުގެ މައިގަނޑު ރާއްޖެއަށް ޚާއްޞަ ހިރިގަލުގެ ވަޑާމަށް ފަރުމާކޮށްފައިވާ އިރު، މެދުން ފެނިގެންދާނީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކާއި މުރަކަތަކުގެ މަންޒަރެކެވެ. މެރެތަންގައި ލޯގޯ ޖަހާފައިވަނީ ނޫއުޑު ދައްކުވައިދޭފަދަ ގޮތަކަށެވެ. އަދި އޭގެ މަތިން ފެންނާނީ އިރުގެ ރަން ދޯދިތައް އެޅިފައިވާ އުދަރެހަކާއި ދޫނިސޫފާސޫފި އުދުހެމުންދާ މަންޒަރެކެވެ.

 

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 10 ވަނަ ދުވަހެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް