އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

8 ޓީމާއެކު ޓީ ޓުވެންޓީ ކްރިކެޓް ޕްރިމިއަރ ލީގު މި މަހުގެ 8 ގައި ފަށަނީ

8 ޓީމާއެކު ޓީ ޓުވެންޓީ ކްރިކެޓް ޕްރިމިއަރ ލީގު މި މަހުގެ 8 ގައި ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

8 ޓީމާއެކު ޓީ ޓުވެންޓީ ކްރިކެޓް ޕްރިމިއަރ ލީގު މި މަހުގެ 8 ގައި ފަށަން ނިންމައިފިއެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 8 އިން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.

 

މުބާރާތުގެ މެޗުތައް ކޮންމެ ހަފްތާ ބަންދު ދެ ދުވަހު (ހުކުރު އަދި ހޮނިހިރު) ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާ އިރު، ކޮންމެ ދުވަހުވެސް ދެ މެޗު ކުޅޭނެކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުންޏެވެ.

 

މުބާރާތުގެ ފުރަތަމަ މެޗުގައި އެމްއެސް ހެލްޕިން ހޭންޑާއި ހިންނަވަރު ހިރިޔާ ބައްދަލުކުރާ އިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި ނިއު ސްޓަރއެވެ.

 

މި މަހުގެ 9 ވާ ހޮނިހިރު ދުވަހު ކުޅޭ ތިންވަނަ މެޗުގައި ވާދަކުރާނީ އޮފް އެފްސީއާއި ސީބީއެލް ސްޕޯޓްސް އެވެ. އަދި ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ހިންނަވަރު ހިރިޔާ އާއި މާލޭ ސްޕޯޓްސް ކުލަބެވެ.

 

ކުޅިވަރު އެކުވެރި ކްރިކެޓް ސްޓޭޑިއަމްގައ ކުޅޭ މި މުބާރާތުގައި ކޮންމެ ޓީމެއްވެސް 7 މެޗު ކުޅޭނެއެވެ.

 

މިމުބާރާތުގައި ޗެމްޕިއަން ޓީމުގެ ގޮތުގައި ދެޓީމު ހޮވާނެއެވެ. އެއީ ލީގުގެ ކުޅުން ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކާއި ލީގު ނިމޭއިރު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމުގެ މެދުގައި ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް