އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގެ އާ އަހަރާ ގުޅުވައިގެން މުސްލިމުންނަށް ބަނގުރާ ބުއިމަށާ އޫރުމަސް ކެއުމަށް މަޖުބޫރުކޮށް ނުކޮށްފި ނަމަ ޖަލަށް ލާނެ ކަމުގެ ބިރު ދައްކަނީ!

ޗައިނާގެ އާ އަހަރާ ގުޅުވައިގެން މުސްލިމުންނަށް ބަނގުރާ ބުއިމަށާ އޫރުމަސް ކެއުމަށް މަޖުބޫރުކޮށް ނުކޮށްފި ނަމަ ޖަލަށް ލާނެ ކަމުގެ ބިރު ދައްކަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ޗައިނާގައި ފާހަގަކުރަމުންދާ އަހަރާ ގުޅުވައިގެން މުސްލިމުންނަށް ބަނގުރާ ބުއިމަށާއި އޫރުމަސް ކެއުމަށް މަޖުބޫރުކުރަމުން ގެންދާ ކަމަށާއި އެކަންކަން  ނުކޮށްފި ނަމަ ޖަލަށް ލާނެ ކަމުގެ ބިރު ދައްކަމުން ގެންދާ ކަމަށް ޗައިނާގެ މުސްލިމުން ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފިއެވެ.

މީޑިއާތަކުން ބުނެފައިވަނީ މިކަންކަން ހިންގަނީ މުސްލިމުންނަށް އެންމެ ބޮޑަށް އަނިޔާވެރިވަމުން ގެންދާ ޒިންޖިއާން ޕަރޮވިންސްގައި ކަމަށެވެ. "އާ އަހަރު ފާހަގަކުރުމުގެ މުސްލިމުންނަށް ދައުވަތު ދެނީ ގޭގެއަށް ގޮސް، ނުގޮސްފި ނަމަ ކިޔަވައިދޭ މަރުކަޒުތަކަށް (ޖަލުތަކަށް) ފޮނުވާނެ ކަމުގެ އިންޒާރުވެސް ދީ ބިރު ދައްކަނީ. ގޭގެއަށް ތާޒާ އޫރުމަސް ހިފައިގެން ގޮސް ކައްކައިގެން ކާން ވެސް މަޖުބޫރުކުރުވަނީ. ބުނަނީ މިއީ އެމީހުން ދޭ ޞަދަޤާތެއް ކަމަށް." 

ރިޕޯޓުތައް ބުނާ ގޮތުން ޖަލަށް ލާނެ ކަމުގެ ބިރު ދެއްކުމުން ގިނަ ބައަކު ދަނީ ފެސްޓިވަލްތަކުގައި ބައިވެރިވަމުންނެވެ. ބައިވެރިވުމުން ބަނގުރާ ބޮއި އޫރުމަސް ކެއުން މަޖުބޫރުކުރުވައެވެ. 

މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވަނީ މިދިއަ އަހަރުވެސް މިފަދަ ހަރަކާތްތަކެއް ހިންގި ކަމަށާއި ފެސްޓިވަލްތަކުގައި ބައިވެރިވުމުގެ ނަމުގައި ފައްޅިތަކަށް ގެންދުވައި މިފަދަ ކަންކަން ކުރުވި ކަމަށެވެ. އަދި މިއަހަރު މިކަންކަން ކުރުވަމުން ގެންދަނީ ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ. 

"ގޭގެއަށް ގޮސް ބުނަނީ ފެސްޓިވަލުގައި ބައިވެރިވާން ޖެހެނީ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުންކަމަށް. ބައިވެރިނުވާނަމަ ބަލާނީ ދެކޮޅުވެރިއެއް ކަމަށް. ދާން ޖެހޭނީ ޖަލަށް. ޖަލަށް ގެންދިއުމަކީ މައްސަލައެއް ނޫން. މައްސަލައަކީ ޖަލަށް ގެންދިއުމަށްފަހުގައިވެސް ބަނގުރާ ބޮއި އޫރުމަސް ކާން މަޖުބޫރުކުރުވާތީ. ނުކޮށްފިނަމަ ތަޅައި އަނިޔާކުރާތީ." ކަމަށްވެސް ނޫހަކަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް