އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހެއް އައްޑޫސިޓީގައި އަންނަ މަހު ބާއްވަން ނިންމާ، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފި

ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހެއް އައްޑޫސިޓީގައި އަންނަ މަހު ބާއްވަން ނިންމާ، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހެއް އައްޑޫސިޓީގައި އަންނަ މަހު ބާއްވަން ނިންމާ، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގައި ފުޓްބޯޅަ ރެފްރީން ތަމްރީނުކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ހިންގާ ކޯހެކެވެ.

އެފްއޭއެމް އިން ބުނީ އައްޑޫގައި ބާއްވާ ކޯސް ފެށުމަށް ތާވަލުކޮށްފައިވަނީ މާރޗް މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އަދި ކޯހުގައި ބައިވެރިވަން އެދޭ ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވަނަ ދުވަސް ކަމަށެވެ.

އަތޮޅުތެރެ އާއި މާލޭގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކަށް ބޭނުންވާ ރެފްރީން ތަމްރީނުކުރުމުގެ މަޤްސަދުގައި ސިލްސިލާ ކޮށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ދަށުން އައްޑޫސިޓިގައި 7 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފްއޭއެމްގެ އައްޑޫ އޮފީހުން ލިބެން ހުންނާނެ ކަމަށްވެސް ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އިން ބުންޏެވެ.

މީގެ އިތުރުން ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް މާރޗު މަހުގެ އެއްވަނަ ދުވަހު މާލޭގައިވެސް ފެށުމަށް ވަނީ ނިންމާފައެވެ. މިއީ މާރޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާން އެދޭ ފޯމު ހުށައަޅަން ޖެހެއެވެ.

މާލޭގައި އޮންނަ ކޯހުގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް ހިލޭ ބައިވެރިވެވޭ އިރު، 25 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރިވެވޭނީ 1500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އެފްއޭއެމް އިން ބުނީ މި ކޯސްތަކުގައި ރެފްރީން ތަމްރީނުކުރާނީ ތަޖުރިބާކާރު ދިވެހި ރެފްރީންކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް