އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިޔަތު ގޭބަންދަށް ބަދަލު ކޮށްފި

ޒިޔަތު ގޭބަންދަށް ބަދަލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާއި ގުޅިގެން ޖަލު ހުކުމް ތަންފީޒުކުރަމުންދާ އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ޒިޔަތު، ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

މިކަން ޔަގީން ކޮށްދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ، އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޒިޔަތު ގޭ ބަންދަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގެއަށް ބަދަލުކުރީ ކީއްވެގެން ކަމެއް ލުގުމާން ވިދާޅެއް ނުވެ އެވެ.

ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޒިޔަތު ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އިތުރު 33 ދައުވާއެއް އުފުލައިފައިވާއިރު، އެމައްސަލަތަކުގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.

ޒިޔަތުގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ވިޔަފާރި ވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ވެސް ޖަލަށްލުމަށް ހުކުމް ކުރި އެވެ. އޭގެ ތެރެއިން ދެ އަަހަރާއި ނުވަ މަހުގެ ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހާމިދު ސޭޓު ވަނީ މިނިވަންވެފަ އެވެ. 

ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވުމާއި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ކުށް ސާބިތުވެ އަދީބު ގެންދަނީ 33 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންނެވެ. އޭނާއާ ގުޅޭ ހިޔާނާތުގެ އިތުރު މައްސަލަތަކެއްގެ އަޑުއެހުންތަކެއް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ