އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއާރްއެމް އުފައްދަން ހުށަހަޅައިފި!

އެމްއާރްއެމް އުފައްދަން ހުށަހަޅައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

 

އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ރައީސް މައުމޫން ފެއްޓެވީ، ޕީޕީއެމްއަށް ކުރިމަތިވި ޤާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާއި އެއްކޮޅަށް ނިމޭނެ ޔަގީންކަން ގެއްލުމުންނެވެ. އެނގިފައިވާ ގޮތުގައި އެމްއާރްއެމް ގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އިބްރާހިމް ޙަސަން ގެ ނަމުގައެވެ.

 

އެމްއާރްއެމް އުފެއްދުމަށް މިއަދު ހުށަހަޅާފައިވާއިރު، މިއީ ރައީސް މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ވަނަ އަހަރު ދިނުމުން، އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީއަކީ ޑީއާރްޕީ އެވެ. އެޕާޓީ ހިންގުމުގައި އެއިރު އިސްކޮށް ހުންނެވި އަހުމަދު ތަސްމީނު އަލީ އާއި މެދު އުފެދުނު ދެބަސްވުންތަކަކަށްފަހު ރައީސް މައުމޫން އުފެއްދެވީ ޕީޕީއެމް އެވެ. ނަމަވެސް ޕީޕީއެމް ގެ ރައީސް ކަމުން އެމަނިކުފާނު ވަކިކޮށް، މިދދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުނު ރިޔާސީ އިންތިހާބަށްފަހު އެޕާޓީން ބޭއްވި ކޮންގްރެސް ގައި ޕީޕީއެމްގެ ރައީސް އަކީ ކުރީގެ ރައީސް އަދި ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ކަނޑައެޅިއެވެ.

 

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެކޮންގްރެސް ޤަބޫލު ނުކުރުމުން، ސުޕްރީމް ކޯޓުން އެމައްސަލަ ބަލާ، ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ކަމަށް މިދިޔަ މަހު ފަހުކޮޅު ވަނީ ކަނޑައަޅާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ