އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސަމަކާރަ ލޭބަލްގެ ފަރުމާއެއް ކަނޑައެޅުމަށް އާންމުންގެ ވޯޓަކަށް ހުޅުވާލައިފި

ސަމަކާރަ ލޭބަލްގެ ފަރުމާއެއް ކަނޑައެޅުމަށް އާންމުންގެ ވޯޓަކަށް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

ރާއްޖެއަށް ތައާރަފް ކުރުމަށް މަސައްކަތްކުރާ އެނަރޖީ އެފިޝަންސީ ލޭބަލްގެ ނަމޫނާއަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުން އަންނަ ސްޓްރެންގތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުގެ އެހީތެރިކަމާއި އެކު ތައްޔާރު ކުރާ އެނަރޖީ އެފިޝަންސީ ލޭބަލް ޕްރޮގްރާމަކީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކުރިއަށްގެންދާނެ ލޭބަލް ޕްރޮގްރާމެކެވެ.

މި ލޭބަލް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ބާޒާރަށް ވިއްކަން ނެރޭ އައިސްއަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަން ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ ތަކެއްޗަކީ ރާއްޖޭގެ އެނަރޖީ އެފިޝަންސީ މިންގަނޑަށްފެތޭ ތަކެތިތޯ ބަލައި، މިންގަނޑަށް ފެތޭ ތަކެތިން ބޭނުންކުރާ ކަރަންޓުގެ މިންވަރާއި ސަމަކާރަ މިންވަރު ދެނެގަނެ އެ އާލަތެއް ފެތޭ ދަރަޖައިގެ ލޭބަލެއް ހަރުކުރެވިފައި ހުންނާނެއެވެ. ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ސަމަކާރަ ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލް އަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ކުޑަ މިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އޮންލައިންކޮށް ކުރިއަށްގެންދާ މި ސާރވޭގައި އެނަރޖީ ލޭބަލްގެ ދެ ނަމޫނާ އެއްވަނީ ހިމަނާފައެވެ. އެގޮތުން ޑޯމް ބައްޓަމަށް ފަރުމާކޮށްފައިވާ ލޭބަލްގައި ދަރަޖަ އަންގައިދިނުމަށް ބޭނުންކުރެވިފައިވަނީ ތަރިއާއި ނަމްބަރެވެ. އެގޮތުން ތަރި ލޭބަލްގެ އެންމެ މަތީ ދަރަޖަ ފަސް ތަރި ލޭބަލުން އަންގައިދޭއިރު އަދަދު ހިމަނައިގެން ތައްޔާރުކޮށްފައިވާ ނަމޫނާގައި ފަސް ވަނަ ދަރަޖައިގެ ލޭބަލް ރަމްޒުކޮށްދޭނީ ހަކަތަ ސަމަކާރަ މިންވަރު އެންމެ ރަނގަޅު ކަރަންޓު އާލާތްތަކެވެ. މި މައުލޫމާތުގެ އިތުރުން ކޮންމެ ދަރަޖައެއްގެ ލޭބަލުގައިވެސް އެ ލޭބަލެއް ހަރުކުރެވިފައި ހުންނަ އާލަތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ބޭނުންކުރާނެ ކަރަންޓުގެ މިންވަރާއި އެނަރޖީ އެފިޝަންސީ ރޭޝިއޯ ހިމަނާފައިވާނެއެވެ.  

ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުންނަ ކަރަންޓު އާލާތްތަކުގައި ހަރުކުރަން ތައްޔާރުކުރާ މި ލޭބަލަކީ އެއް ވައްތަރުގެ، އެއް ވަރުގެ އާލާތްތައް އަޅާކިޔާ އިރުކަރަންޓު މަދުންބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މަޢުލޫމާތު އަންގައިދިނުމުގެ މަޤްސަދުގައި ހަރުކުރާ ލޭބަލެކެވެ.

ދިރިއުޅުން ފަސޭހަކުރުމަށްޓަކައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެންދިއުމަކީ ގިނަބަޔަކަށް އެކަމުގެ ސަބަބުން ތަކުލީފުތަކެއް ކުރިމަތިވާކަމަކެވެ. އިސްރާފުވާ ފައިސާއާއި ބޭކަރުގޮތުގައި އަންދާ ތެލުގެ ސަބަބުން ތިމާވެއްޓަށްލިބޭ ގެއްލުމަކީވެސް އިޔާދަ ނުކުރެވޭނެ ޤެއްލުންތަކެކެވެ. އެހެންކަމުން ހަކަތަ ސަމަކާރަ އާލާތްތައް ބޭނުންކުރާ ވަރު އިތުރުކޮށް ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭނެއެވެ.

https://goo.gl/forms/gfTYEH8Oh7fMzxAp2

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު