އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބޮޑުދައިތަގެ ދަރިން އޭނާ ބާކީކޮށްލުމުން މައެއްގެ ގޮތުގުގައި ބޮޑުދައިތަ ބަލަހައްޓައިދިން ކޮއްކޮމެންނަށް ލިބުނު ނިޢްމަތް ހާދަ ބޮޑޭ!

ބޮޑުދައިތަގެ ދަރިން އޭނާ ބާކީކޮށްލުމުން މައެއްގެ ގޮތުގުގައި ބޮޑުދައިތަ ބަލަހައްޓައިދިން ކޮއްކޮމެންނަށް ލިބުނު ނިޢްމަތް ހާދަ ބޮޑޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 21 ސިކުންތު

މަރްޔަމްގެ ތިބީ 2 ދަރިންނެވެ. އެއީ އަނަހެން ދަރިއަކާއި ފިރިހެން ދަރިއެކެވެ. 2 ދަރިން ތިބުމާއިއެކު ދެ ދަރިން އެދުނުހައި ކަމެއް މަރްޔަމް އައީ އޭނާގެ ފެންވަރުން ކޮށްދެމުންނެވެ. މަރްޔަމް އެނާގެ ފިރިހެން ދަރިފުޅަށް މެޑިސިން ކިޔަވައިދިނީ އަމިއްލަ ގެ މޯގޭޖްކޮށްގެންނެނެވެ. އަނހެން ދަރިފުޅުގެ ކައިވެނިކޮށްދިނީ އަތުގައިގައި ހުރި ހުރިހާ ގަހަނާއެއް ވިއްކައި ލިބުނު ފައިސާއިންނެވެ.  މަރްޔަމްގެ ހުރިހާ ވެސް އުންމީދަކީ އޭނާ މުސްކުޅިވާ ދުވަހު ދަރިންގެ ލޯތްބާއި އަޅައިލުން ލިބުމެވެ.  

ނަމަވެސް ކަންތައްތައް މެދުވެރިވީ އެގޮތަކަށް ނޫނެވެ. މަރްޔަމް މުސްކުޅިވި ދުވަހު 2 ދަރިންވެސް މަރްޔަމް ބާކީކޮށްލީއެވެ. ދެ ދަރިންނަށް މަންމަގެ އެހީތެރިކަމާއި ނުލައި އުޅޭވަރުވުމުން މަންމަގެ އެއްވެސް ބޭނުމެއް ނެތްކަމަށް ހެދީއެވެ. ދެ ދަރިންވެސް ބޭނުންވީ މަންމަ ގެއިންވެސް ނެރެލުމަށެވެ. މަރްޔަމްގެ އަމިއްލަ ގޭގައި ވެސް އުޅެން އުނދަގޫވާވަރަށް މުޞީބާތްތައް ކުރިމަތިކުރުވީއެވެ. އެހާލަތަށް ދިއުމުން ކަންކަން ހުރި ގޮތް ހިއްޞާކޮށްލުމުގެ ބޭނުމުގައި މަރްޔަމްއަށް ބޮޑުދައިތަ ކިޔާ 3 ކުއްޖަކު ދިރިއުޅޭ ގެއަށް ދިއައެވެ.

3 ކުދިން ފެނުމާއިއެކު މަރްޔަމްއަށް ގިސްލާފައި ރޮވެން ފެށިއެވެ. ކަންބޮޑުވެގެން ސުވާލުތައް ކުރަން ފެށުމުން އަމިއްލަ 2 ދަރިން އޭނާ ޢާއިމެދު ކަންތައްތައް ކުރާ ގޮތް ކިޔައިދިނެވެ. ކިޔައިދީދީ އިންދާ ހޭނެތިގެން ވެއްޓުމުން އެ 3 ކުދިންނަށް ވަރަށް އާދައާއި ޚިލާފް އަސަރުތަކެއް ކުރިއެވެ

މޫނަށާއި މެއަށް ފެން އަޅައި ޚިދުމަތް ކުރުމުން މަރްޔަމް ހޭއެރިއެވެ. ހޭއެރުމުން 3 ކުދިންވެސް ބޮޑުދައިތަގެ ކިބައިން އެދުނީ އެކުދިންގެ ބެލުމުގެ ދަށުގައި އެގޭގައި އިނދެދިނުމަށެވެ. 3 ކުދިންވެސް ވައުދުވީ ބޮޑުދައިތަ އެގޭގައި އިންހައި ދުވަހަކު 3 ކުދިންގެ މަންމަ ބެލި ފަދައިން ބޮޑުދައިތަ ވެސް ބަލައިދޭނެ ކަމަށެވެ. އަދި ބުންޏެވެ. އަހަރެމެންގެ މަންމަ ދުނިޔޭގައި އިންނަމަ ތިހާލުގައި ބޮޑުދައިތަ އުޅެން ދޫކޮށެއް ނުލާނެއެވެ. މިއަދު މަންމައެއް ނެތެވެ. ވީމާ ބޮޑުދައިތައަށް ހެޔޮކޮށް ހިތުމަކީ މަންމައަށްޓަކައިވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަން އަހަރެމެން ނުކޮށްފިނަމަ ޤިޔާމަތް ދުވަހު މަންމަ އަހަރެމެންނަށް ހިތް ހަލާލުވެސް ނުދޭނެއެވެ. ވީމާ މަންމަގެ ހިތްހަލާލު ހޯދައިދިނުމަށް ނަމަވެސް ބޮޑުދައިތަ މިގޭގައި އަހަރެމެންނާއިއެކު އިނދެދޭށެވެ!  

3 ކުދިން ދިން ދައުވަތު ޤަބޫލުކޮށް މަރްޔަމް އެގޭގައި ދިރިއުޅެން ފެށިއެވެ. 3 ކުދިންވެސް ބޮޑު ދައިތައަށް ވަރަށް ހެޔޮކޮށް މައަކާއިމެދު ކަންތައްތައް ކުރާނެ ގޮތަށް ދިއައީ ކަންތައްތައް ކުރަމުންނެވެ. މައިމީހާ ފަދައިން ގެންދިއައީ އަޅައިލުން ދީ ބަލަހައްޓަމުންނެވެ.  

ﷲ ތަޢާލާ އެކަމުގެ ބަދަލު މިދުނިޔޭގައިވެސް އެ ޢާއިލާއަށް މިނަވަރުފުޅު ކުރެއްވެވިއެވެ. އެގޭގެ އެއް ކުއްޖަކަށް ލިބިފައިވާ އުމުރުން 5 އަހަރުގެ ދަރިފުޅަކީ ފިޓްޖެހޭ ކުއްޖެކެވެ. ދެވްން ކުއްޖާއަށް ލިބިފައިވާ 7 އަހަރުގެ އަންހެން ދަރިފުޅަކީ ނޭވާ ހިއްލާ ކުއްޖެކެވެ. އެކުދިން ޑޮކްޓަރަށް ދެއްކުނު ވަރެއްވެސް ނުއެނގެއެވެ. ނަމަވެސް އެކަށީގެންވާ ފަރުވާއެއް ވަނީ ނުލިބިފައެވެ. އަބަދުހެން ޢާއިލާގެ އެންމެންނަށް އުޅެންޖެހެނީ އެ ދެ ކުދިންގެ ކަންކަމުގައި ކަންބޮޑުވެގެންނެވެ.  

ބޮޑު ދައިތަ އެގޭގައި ގެންގުޅެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ކުދިން ބަލިވުމުގެ ދޭތެރެ ދުރުވާން ފެށިއެވެ. ޢާއިލާއަށް ހަމަޖެހުން ލިބެން ފެށިއެވެ. 2 އަހަރެއްހައި ދުވަސްވީއިރު 2 ކުދިންގެ ބަލި ވަނީ އެކުގައިހެން ފަސޭހަވެފައެވެ.  

މި 3 ބެއިންގެ ތެރެއިން ދޮށްޓަށް ހުންނަ ޙަސަން އަކީ އުރްދުންގެ މިސްކިތެއް ބަލަހައްޓާ މަސައްކަތު މީހެކެވެ.  މިވާހަކަ ހަސަން ކިޔައިދިނީ މިދިއަ އަހަރު އުރުދުންއަށް ކުރި ދަތުރެއްގައެވެ.

މިރޭގެ ދަރުސް ފަށަމުން މިވާހަކަ މިކިޔައިދިނީ މިއީ މިރޭގެ މައުޟޫއާއި ވަރަށް ބޮޑަށް ގުޅުންހުރި ވާހަކައަކަށްވާތީއެވެ. އޯގާތެރިވުމާއި އެހީތެރިވުމުގެ މުހިންމު ކަމާއި އެކަމުން މިދުނިޔޭގައި ވެސް ލިބޭ ނިޢްމަތްތައް މިވާހަކައިންވެސް ވަރަށް ބޮޑަށް އެނގިގެންދާތީއެވެ.  

ވިސްނަން ޖެހޭނެ ކަމެއް އެބައޮތެވެ. ކިތަންމެ ގާތް މީހަކަށް ނަމަވެސް އަދި ދުރު މީހަކަށް ނަމަވެސް އެހީތެރިވެދީ ކަމެއް ކޮށްދޭން ޖެހޭނީ ބަދަލުގައި މިދުނިޔެއިން އެއްވެސް ކަމެއް އެދިގެނެއް ނޫނެވެ! ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. އާޚިރަތް އެދިގެންނެވެ. އެކަމުގެ ސަވާބުން ﷲ ތަޢާލާ މިދުނިޔޭގައި ރަޙްމަތްފުޅެއް މިންވަރު ކުރައްވަވައިފިނަމަ އެއީ ތިމާއަށް ދެއްވެވި އިތުރު ބޯނަސްއެކެވެ! ބޯނަސްއަށް އެދިގެން ނުވާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

އާރޓިކަލް ރޭޓްކުރައްވާ


41%
ވ.ރަނގަޅު
5%
ރަނގަޅު
19%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް